
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް އެފް.ސީއާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތާއެކު ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވާނެކަމަށް ފަތުރުވެރިކަމާއ ތިމާވެށްޓަބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ފުޓުބޯޅަ ކުލަބުކަމުގައިވާ ލިވަރޕޫލް އެފްސީއާއެކު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އިސްތިހާރުކުރުމަށް ޕާޓްނަރޝިޕެއް ވަނީ އެކުލަވާލާފައެވެ. މި ޕާރޓްނަރޝިޕްގެ ދަށުން ލިވަރޕޫލްގެ ދަނޑު، އެންފިލްޑްގައި ގެންދަނީ ރާއްޖެ އިސްތިހާރުކުރަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިވަޕޫލް އެފް.ސީއާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ލިވަރޕޫލާއެކު އެކުލަވާލި ޕާރޓްނާޝިޕާއެކު 200 މިލިޔަނަށްވުރެ ގިނަ ލިވަރޕޫލްގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި މި ޕާޓްނަރޝިޕާއެކު ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ލިވަރޕޫލް ޕާޓްނަރޝިޕާއެކު މި އަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ ޓާގެޓުކަމުގައިވާ 2.3 މިލިޔަން ފަތުރުވެރިންނަށްވުރެ އިތުރަށް ފަތުރުވެރިން މިހާރު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން މި ޕާޓްނަރޝިޕްގެ ސަބަބުން އެކަނިވެސް އަހަރަކު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ލިވަރޕޫލްގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް 397 މިލިޔަން މީހުންނަށް މީޑިއާ ރީޗްވެފައި އެބަހުރި. މި މީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއް މި ފަހިވަނީ.” ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވަޒީރުގެ ވާހަކަފުޅުގައި ލިވަރޕޫލް ޕަރޓްނާޝިޕާއެކު ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަންވެސް ހިއްސާކުރެއްވިއެވެ. އެ ގޮތުން އެ ކުލަބާ ގުޅިގެން ޓެކްސީތަކާއި ބަސްތައް މެދުވެރިކޮށް އިނގިރޭސިވިލާތުގެ ލަންޑަންގައި ރާއްޖެ އިސްތިހާރުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ލިވަރޕޫލްގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ބިލްބޯޑުތަކާއި ޓެލެކާސްޓްތަކުގައި ރާއްޖެ އިސްތިހާރުކުރާނެކަމަށާއި، މީގެ އިތުރުންވެސް ބައެއް ކަންކަން ވަޒީރު ހިއްސާކުރެއްވިއެވެ. “ލިވަރޕޫލްގެ ރެޑްވޭ އިނިޝިއޭޓިވްގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންނާއި އެ ކުލަބުގެ ލެޖެންޑްސް ބައިވެރިވެގެން ރާއްޖެ އައިސް ތިމާވެށްޓާއި އިޖުތިމާޢީ ކަންކަމާ ގުޅުންހުރި ހަރަކާތްތަކެއް ކުރިއަށްގެންދާނެ.” ފަތުރުވެރިކަމާއި ތިމާވެށްޓަބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ ލިވަރޕޫލަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ. އެ ގޮތުން ލިވަރޕޫލް ކުލަބުގެ އިސްވެރިންނާއި އެ ކުލަބުގެ ކުރީގެ މަޝްހޫރު ކުޅުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާ ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ގޮތުން ދުނިޔޭގެ މަޝްހޫރު އެހެން ކުލަބުތަކާއި ކުޅުންތެރިންނާ ގުޅިގެން ރާއްޖެ އިސްތިހާރުކުރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ފުޓުބޯޅަ ކުލަބަކާއެކު އެއްބަސްވެއްޖެއްޔާ ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނެވޭނެ. ރައީސް ނިންމެވީ މިކަން ފަހިކުރުމަށް. ޚާއްސަކޮށް މިއީ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމެއް.” ވަޒީރު ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ލިވަރޕޫލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގަތީ މިއަދުއެވެ. މިދަތުރުފުޅުގެ ތެރެއިން ދެ ފަރާތުގެ ދެމެދުގައި ވެވުނު ޕާޓްނަރޝިޕް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
