
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނޑި ނައްތާލާ ނިޒާމު ޤާއިމްވުމާއެކު، އައު ވިޔަފާރިއެއްގެތެރެއަށް ވެމްކޯއަށް ވަދެވޭނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ. އިމާރާތްކުރުމުގެ މަސައްކަތް ރާއްޖޭގައި އިތުވެފައިވާއިރު، އެފަދަ މަސައްކަތުން އުފެދޭ ގާކުނޑި ރަނގަޅުގޮތުގައި މެނޭޖުކުރެވޭނެ ނިޒާމެއް މިވަގުތު ރައްޖޭގައި ނެތެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީގައި ގެންދަނީ ގާކުނޑި ނައްތާލުމަށް ޚާއްޞަކޮށްގެން ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ދާދިފަހުންވަނީ ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެއަށްފަހު ދެއްވި އިންޓަރވިއުއެއްގައި ވޭސްޓް މޭނޭޖްމަންޑް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި ނައްތާލުމަށް ތަރައްްޤީކުރާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތާއެކު އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ރައްކާތެރި ގޮތުގައި އިތުރު ބޭނުންތަކަށް ތައްޔާރުކުރެވިގެން ދާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިމާރާތްތަކުން އުފެދޭ ގާކުނޑި 5 ސައިޒަކަށް ހެދުމަށްފަހު އާމްދަނީ ލިބޭނެ ފަދަ ގޮތަކަށް މާކެޓައް ނެރުމުގެ މަސައްކަތް ކުރާނެކަމަށް މުޖްތަބާ ވިދާޅުވިއެވެ. މިއާއެކު ވެމްކޯއަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ފަހިވެގެން ދާނެކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވިއެވެ. “ސީއެންޑީ ޕްލާންޓު ސެޓް ކުރެވިގެން ދިޔުމުން އެކަން ހައްލުވެގެން ދާނެ. 5 ސައިޒަކަށް ހެދުމަށް ފަހު އަލުން މާކެޓަށް ނެރެވޭނެ މެކޭނިޒާމެއް ހެދިގެން ދާނެ. އިތުރު ވިޔަފާރިއަކަށް ވަދެވޭނެ މަގު ވެމްކޯއަށް ލިބިގެން ދާނ” ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނޑި ނައްތާލުމަށް ތަރައްްޤީކުރާ ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓްގެ މަސައްކަތް މި އަހަރުގެ ޖުލައިމަހަށް ނިންމާ އޮޕްރޭޝަނަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފާދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނައުމަށްވެސް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
