
(ފޮޓޯ ކްރެޑިޓްސް: ސޯޝަލް މީޑިއާ)
“ހޮޅުދޫ ބޯޓު”ގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލިގެން ހޯދަމުންދާ ޢަލީ މުޝްފިޤް ޝަރީފް ހޯދުމަށް މިހާތަނަށް 133 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މުޝްފިޤް ގެއްލިގެން ހޯދަމުންދަނީ ބުދަ ދުވަހުގެ ރޭ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން ސަލާމަތްވުމަށް ކަނޑަށް ފުންމާލި ފަހުން އޭނާގެ ޚަބަރެއް ނުވެގެންނެވެ. އެމްއެންޑީއެފުން ދަނީ އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ސަރޗް އެންޑް ރެސްކިސު އޮޕަރޭޝަނެއް ހިންގަވަމުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 133 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން 143880 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ވައިގެ މަގުން 5000 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން މުޝްފިޤް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ހޮޅުދޫ ބޯޓުން ދަތުރު ކުރީ ކެޕްޓަނާއެކު 18 މީހުންނެވެ. އޭގެތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. އަދި މިހާތަނަށް ފެނިފައިނުވަނީ ލ. މާވަށަށް ނިސްބަތްވާ ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފެވެ.
އަލިފާނުގެ ޙާދިސާގައި ހޮޅުދޫ ބޯޓު ވަނީ އަޑިއަށްގޮސްފައެވެ. ބޯޓުގައި ރޯވާން މެދުވެރިވި ސީދާ ސަބަބެއް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
