
ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމްކަމުގައިވާ “ޓީމޫ”އިން އެ ކުންފުނީގެ ވިޔަފާރި ރާއްޖެއަށް ފުޅާކޮށްފިއެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގައި ނަން މަޝްހޫރު ޓީމޫ މާކެޓްޕްލޭސް މި ސަރަޙައްދުތަކުގެ ޤައުމުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ތެރެއިން މި ޕްލެޓްފޯމް މިހާރު މިވަނީ ދިވެހިންނާ ހަމައަށް ފޯރާފައެވެ.
މި ޕްލެޓްފޯމުން ރަނގަޅު ކޮލިޓީގެ ގިނަ އުފެއްދުންތަކެއް ހެޔޮ އަގުތަކެއްގައި ލިބެންހުރެއެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގެ ސާމާނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ މި ޕްލެޓްފޯރމުން ލިބެން ހުރެއެވެ.

ޓީމޫގެ ޔޫސަރ-ފްރައިންޑްލީ އެޕް މެދުވެރިކޮށް ފަސޭހައިން ތަކެތި އޯޑާކޮށް ވަގުތުން ފައިސާ ދައްކާލެވެއެވެ. އަދި އޯޑަރުކުރާ ތަކެތި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސީދާ ކަސްޓަމަރުންނާއި ހަމައަށް އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ، މި އޮންލައިން ޕްލެޓްފޯމްގެ އެންމެ ޚާއްޞަ އެއް ސިފައެވެ. ޓިމޫ އިން އޯޑަރ ކުރާ ތަކެއްޗަށް ފްރީ-ޝިޕންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަތުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ބޭނުން އިރަކު ވިޔަފާރިކުރުމުގެ ފުރުޞަތު ޓީމޫއިން މިވަނީ ފަހިކޮށްދީފައެވެ.
ޓީމޫގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކްގެ ޚިދުމަތް ބޭނުންކުރަން ފަށާފައެވެ. ޓީމޫއާ މޯލްޑިވްސް ޕޯސްޓްގެ މި އިސްތިރާޖީ ގުޅުމުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓިމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އަވަހަށް ލިބޭނެގޮތް ފަހިކޮށްދިނުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގައި އީ-ކޮމާސްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މޯލްޑިވްސް ޕޯސްޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާއާއި ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯރމްތަކާ ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތުދެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
