
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެމްއެމްޕީއާރުސީ އާއި އިނގިރޭސި ވިލާތުގެ ލިވަޕޫލް ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ބޮޑު ބްރޭންޑް ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ފެށީ ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި އެވަޓަން ރޭ ބައްދަލު ކުރި މެޗުގެ ކުރިންނެވެ. މި ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެމްއެމްޕީއާރްސީން ވިދާޅުވީ އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު, މި ކެމްޕެއިންގެ މަގްްސަދަކީ ލިވަޕޫލްގެ މގްްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ކަމަށެވެ.
މިގޮތުން މި ކެމްޕެއިންގެ ދަށުން 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންޑަގްރައުންޑްގައި އިޝްތިހާރުކޮށް ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ކެމްޕެއިންގެ ސަބަބުން ގާތްގަނޑަކަށް 76 މިލިއަން ޓާގެޓެޑް އޯޑިއަންސަކާ ހަމައަށް ފޯރާނެ ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުގެ އިތުރުން އެމްއެމްޕީއާރްސީން ދަނީ ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ގަައުމުތަކުގައި އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބްތަކާ އެކު ޓާގެޓެޑް ކެމްޕޭންތަކެއް ހިންގުމަށް ވެސް ރާވަމުންނެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އިން އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެއެވެ. އެގައުމު މިހާރު އޮތީ ތިން ވަނަ އަށް އެންމެ ބޮޑު މާކެޓްގެ ގޮތުގައެވެ. މި އަހަރުގެ މިހާތަނަށް އިނގިރޭސި ވިލާތުން 65,404 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
