
(ފޮޓޯ ކްރެޑިޓްސް: ބައިބަލާ އެސޯސިއޭޝަން)
ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ގަދަ 16 ބުރުގެ ޖާގައެއް ބީޖީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 29 ޓީމެއް ވަނީ ބައިވެރިވެފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ބައިބަލާގެ ޗެމްޕިއަންކަން 10 އަހަރު ހޯދާފައިވާ ބީޖީ ސްޕޯޓްސް ކުލަބުން ހޯދީ ރޭ ކުޅުނު މެޗުގައި ސީދާ ދެ ގޭމުން މި އަހަރުގެ މުބާރާތަށް ވަރުގަދައަށް ތައްޔާރުވި އޮޑި ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އޮޑި ޓައިޓަންސްގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދައި، ގަދަ 16 ބުރުގެ ޖާގައެއް އެސްޑީޒެޑްއިން ވަނީ ހޯދާފައެވެ. އަދި އީގަލްސް އިން އީސީއާ ދެކޮޅަށް ކުޅުނު މެޗު ކުޑަ ހެންވޭރު ލަޔަންސްއިން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މުބާރާތުގެ ގަދަ 16 ބުރުން ޓީސީ ސްޕޯޓްސް ކުލަބު ޖާގަ ހޯދީ ޓީނޭޖް ވެޓްރަންސް އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ.
މީގެ އިތުރުން ގަދަ ހިފުމުގައި ވީކޭ ސްޕޯޓްސް ކުލަބު ބަލިކޮށް ލޮރެންޒޯ ސްޕޯޓްސް ކުލަބުން ވަނީ ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ބައިބަލާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ކުލަބު ޓީނޭޖުން ވަނީ ސީދާ ދެ ގޭމުން ލޮރެންޒޯ ހޭނާސް ބަލިކޮށްފައެވެ. ޓިސީ ފްރެޓާނިޓީން ގަދަ 16 ގެ ފަހު ޖާގަ ކަށަވަރުކުރީ ސީދާ ދެ ގޭމުން ހައްހާ ވައިކަންމަތި ބަލިކުރުމަށްފަހުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
