
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީން ޢަމުރެއް ނެރެފައި ވަނިކޮށް އޭނާ ހަންގެރީއަށް ދިޔުމަށް ދަތުރު ފަށައިފިއެވެ. ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި ނަތަންޔާހޫއާއި ޔަހޫދީ ދިފާޢީ ވަޒީރު ޔޮއަވް ގަލަންޓް ހައްޔަރު ކުރުމަށް އައިސީސީން ޢަމުރެ ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަތަންޔާހޫ ހަންގެރީއަށް ކުރާ މި ދަތުރަކީ އެ ޢަމުުރު ނެރުނު ފަހުން ޤައުމުން ބޭރަށް އޭނާ ކުރާ ދެވަނަ ދަތުރެވެ. މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އޭނާ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުުރުމަށް އެ ޤަައުމަށް ދަތުރު ކޮށްފައެވެ. އިޒްރޭލާއި އެމެރިކާއަކީ އައިސީސީގެ މެންބަރު ޤައުމުތަކެއް ނޫނެވެ.
ހަންގެރީއަށް ޒިޔާރަތް ކުރުމަށް އެ ޤައުމުގެ ބޮޑުބަޒީރު ވިކްޓޯ އޯބާން ނަތަންޔާހޫއަށް ދަޢުވަތު ދެއްވާފައި ވަނީ އައިސީސީއިން ޢަމުރު ނެރުމުގެ އެއް ދުވަސް ފަހުންނެވެ. އައިސީސީ އުފެއްދުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ހަންގެރީން އެ ކޯޓުން ހައްޔަރު ކުރުމަށް ޢަމުުރު ނެރެފައިވާ ކޮންމެ މީހަކު ވެސް އެ ޤައުމަށް ދަތުރު ކޮށްފި ނަމަ ހައްޔަރުކޮށް އައިސީސީއަށް ޙަވާލު ކުރަން ޖެހެއެވެ. ނަމަވެސް ހަންގެރީގެ ބޮޑުވަޒީރު ވަނީ އައިސީސީގެ ޢަމުރަށް އިޚްތިރާމު ނުކުރާނެ ކަމަށާއި އެ ޢަމުރާ އެއްގޮތަށް ޢަމަލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަތަންޔާހޫ ހަންގެރީއަށް ކުރާ ހަތަރު ދުވަހުގެ ދަތުރުގައި އޯބާންއާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ބޮޑުވަޒީރު އޯބާން ވަނީ އައިސީސީއިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ޢަމުުރެއް ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ ޤާނޫނީ ގޮތުން އައިސީސީއަށް އެޅޭނެ ފިޔަވަޅެއް ނޫން ކަމަށް އިޒްރޭލެކޭ އެއްގޮތަށް ހަންގެރީއިން ވެސް ޤަބޫލު ކުރެއެވެ.
އައިސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޓުގެ ނިންނުންތައް ތަންފީޒު ކުރުމަކީ އައިސީސީގެ މެންބަރު ޤައުމުތަކަށް ލާޒިމުވާ ކަމެއް ކަމަށެވެ. އައިސީސީގެ ނިންމުންތަކަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުންތަކެއްތޯއާ މެދު ގޮތެއް ނިންމުމަކީ މެންބަރު ޤައުމުތަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
