
އެމެރިކާގެ އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީގެ ހަށިފާރަވެރިޔާ ނުވަތަ ބޮޑީގާޑު ދަނޑަށް އެރުން އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްްއެސް) އިން މަނާކޮށްފިއެވެ. މި ގޮތަށް އަމަލުކުރަން ނިންމައި އެކަން އެންގީ ލީގުގެ ސެކިއުރިޓީގެ ކަންކަން މޭޖަރ ލީގު ސޮކާަރ ލީގުން އަމިއްލައަށް ކުރަން ނިންމުމުންނެވެ. މީގެ ކުރިން މެސީގެ ބޮޑީ ގާޑަށް ދަނޑުގެ އަރިމަތީ ރޮނގު ކައިރީގައި ލައިންސްމަން ހުންނަ ފަޅިނޫން އަނެއް ފަޅީގައި ހަރަކާތްތެރިވެ އުޅެވެ އެވެ. ދަނޑަށް މީހަކު އަރާނަމަ މެސީގެ ދިފާއުގައި އެކަން ހުއްޓުވަން މެޗު ކުޅެމުންދާ ވަގުތު މޭންމާކަރެއްހެން އޭނާ ދަނޑުގެ އަރިމަތީގައި ހުންނާނެ އެވެ. ދަނޑުގައި މެސީ އުޅޭ ކޮންމެ ދިމާލެއްގައި އަބަދުވެސް އުޅެ ދަނޑަށް އެރުމުގެ ހުއްދަ އޮތުމުން އޭނާ ވަނީ ދަނޑަށް އެރި ކިތަންމެ ސަޕޯޓަރަކު މެސީއާ ހަމައަށް ދިއުމުގެ ކުރިން ހުއްޓުވައިފަ އެވެ.
ނަމަވެސް މިހާރު މިކަން މަނާވުމުން މެސީގެ ބޮޑީގާޑް ޔާސީން ޗައުކޯ އަށް ދެން ހަރަކާތްތެރިވެވޭނީ ޗޭންޖިން ރޫމުގެ ބޭރުގަ އާއި މިކްސްޒޯނުގައި އެކަންޏެވެ. އަދި މެޗު ޕްރޮޓޮކޯލްތަކުގެ ބޭރުންނެވެ.

މިކަމާމެދު ބޮޑީގާޑް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ އެންމެ ފަހުގެ ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ރައްކާތެރިކުރުމަށް އޭނާ އަށް ފުރުސަތު ދިނުމަށެވެ. “އަހަރެން ޔޫރަޕުގައި ފްރާންސް ލީގުގަ އާއި ޗެމްޕިއަންސް ލީގު މެޗުތަކުގެ ސެކިއުރިޓީގައި ހަތް އަހަރު އުޅުނިން. ދަނޑަށް އެރީ އެންމެ ހަތް މީހުން. އެކަމަކު އެމެރިކާގައި މިވީ 20 މަސް ދުވަހުގެ ތެރޭގައި މިހާރު 16 މީހުން ދަނޑަށް އަރައިފި. އެކަމަކު މިހާރު އެމީހުން އެ ނިންމީ އަހަރެންނަށް ދަނޑު މަތީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދޭން. އަހަރެން އެދެނީ މެސީ އަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ ފުރުސަތު އަހަރެންނަށް ދިނުމަށް،” ޔާސީން ބުންޏެވެ.
އުމުރުން 40 އަހަރުގެ ޔާސީން އަކީ އެމެރިކާގެ ސިފައިންގެ ތެރޭގައި ކުރިން އުޅުނު މީހެކެވެ. ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އަފްގާނިސްތާނާއި އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގައި އޭނާ އެ ގައުމުގައި ހަރަކާތްތެރިވި އެވެ. ޔާސީން މެސީގެ ބޮޑީ ގާޑަކަށް ހަމަޖެއްސީ އިންޓަމިއާމީ އަށް ކުޅެން މެސީ އެއްބަސްވުމުން އެކުލަބުގެ ވެރިޔާ އިންގްލޭންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެކަމަށް ލަފާ ދިނުމުންނެވެ. މެސީގެ ބޮޑީ ގާޑަކަށް ހަފުތާއަކު 250000 ޔޫރޯގެ މުސާރައެއް ދެ އެވެ.

ދަނޑުގެ އިތުރުން މެސީ އާއްމުކޮށް ގޮސް އުޅޭ ކޮންމެ ތަނެއްގައި އޭނާ އާއި އޭނާގެ އާއިލާގެ ބޮޑީ ގާޑް ހަށިފާރަވެރިއެއްގެ ގޮތަށް ހަރަކާތްތެރިވަމުންދެ އެވެ. މީގެ ތެރޭގައި ޝޮޕިން ކޮމްޕްލެކްސްތަކާއި ޕާކުތަކާއި މެސީ ގޮސްއުޅޭ އެނޫން ވެސް ތަންތަން ހިމެނެ އެވެ. ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ އެވެ. އޭނާއާ ބައްދަލުކުރުމަށް އެދިގެން ސަޕޯޓަރުން ދަނޑަށް އެރުމަކީ ވެސް އާއްމު ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
