
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއާއެކު އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެނދެވެ. އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތްތަކުގައި މިކަމުގެ ދަތިކަން ކުރިމަތިވަމުންދާއިރު މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ނިންމަވާ ޢަމަލީ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އައިޖީއެމްއެޗްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކް ހުސްކޮށް އެތަނުގައި ގާއިމްކުރަމުން އަންނަ 75 އެނދުގެ ވޯޑު އަންނަ މަހުގެ ތެރޭގައި ހުޅުވޭނެކަމަށެވެ. “މިވޯޑުގައި ޖެނަރަލް 40 އެނދާއި ހައި ޑިޕެންޑެންސީ ޔުނިޓުގެ 15 އެނދާއި، ޕްރައިވެޓް 14 ޔުނިޓު ހުންނާނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ޖުމްލަ 117 އެނދު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އެގޮތުން އައިޖީއެމްއެޗަށް އިތުރުކުރެވޭ 75 އެނދާއި، ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރަށް 14 އެނދު އިތުރުކޮށް، ހުޅުމާލޭ ހޮސްޕިޓަލުގެ 6 ބުރީގެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާ ވޯޑެއްގެ ގޮތުގައި ހަމަޖައްސާ އެތަނުގައި 28 އެނދު ޤާއިމުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. މިއާއެކު މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ ކެޕޭސިޓީ 433 އަށް އިތުރުވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
