
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރާނެ މަޝްރޫޢުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގައި ބިންހިއްކުމާއި އެފަދަ ތަރައްޤީގެ މަޝްރޫޢުތައް މިހާތަނަށް ހިންގާފައިވާއިރު، ރަށުގައި ޤުދުރަތީ ގޮތުން އުފެދިފައިވާ މޫދާއި ގޮނޑުދޮށަށް ބަދަލުއައިސް، ރަށުގެ ރައްޔިތުންނަށް އެކަންކަން ގެއްލިފައިވާކަމުގެ ޝަކުވާ، ރައްޔިތުން، ޚާއްޞަކޮށް އިސްރަށްވެހިން ކުރައްވާފައިވާކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މޫދަށް އެރުމަށް ޚާއްޞަކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން، ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުވެ، ޢާއިލީ ގުޅުންތައް ހަރުދަނާވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެކަމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާކުތައް އެޅުމުގެ އިތުރުން، މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ތެރޭގައި، ސަލްޓަން ޕާކު މަރާމާތުކޮށް، އިތުރަށް ތަރައްޤީކޮށް، އެ ޕާކަކީ “އެޑްވެންޗެރަސް” އަދި އާންމުންނަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“އައުޓްޑޯ ޖިމް ހަދައިދިނުން. ކޮންމެ ރަށެއްގައި އިރާދަކުރެއްވިއްޔާ ހުޅުވޭނެ، މި އަންނަ އަހަރުގެ ނިޔަލަށް އިނގޭތޯ. ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން، މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ބަހައްޓާނަމޭ. އެއީ، ވަރަށް މުހިންމު ކަމެއް، ކަސްރަތު ކުރުމަކީ ދޮގެއްތޯ. ދެން ކުޑަކުދިންގެ ޕާކުތައް މި ހަދަނީ. އެއީވެސް ޙަޤީޤަތުގައި ބަލިތަކުން ދުރުކުރުވުމަށް ވަރަށް މުހިންމު ކަމެއް. ގޭތެރޭގައި ބަންދުވެފައި މިހެން ތިބުމުގެ ބަދަލުގައި ކުދިންނެރެ، ޢާއިލާއާ އެކީގައި ގޮސްފައި، ތަންކޮޅެއް ހިތްހަމަޖެހޭ ތަނެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުން، ހަރަކާތްތެރިވެލުން.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ޚާއްޞަ އިސްކަމެއް ސަރުކާރުން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ. އެގޮތުން “ރައްޔިތުންގެ އަޑު” ޕޯޓަލް އާއި “އަހާ ފޯރަމް” ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
