
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރި ކުޑަކުދިންނަށް ޚާއްޞަ އިމަރޖެންސީން ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި 10000އަށް ވުރެ ގިނަ ކުދިން ފަރުވާ ހޯދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަކީ އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްކަމަށެވެ. އެގޮތުން މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލުތައް ޤާއިމްކުރެވިިޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވާފައިވާ އީއާރުގެ ސަބަބުން މައިގަނޑު ގޮތެއްގައި ބޭނުންކުރާ އީއާރަށް ވަރަށް ބޮޑު ލުއިތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ އިމަރޖެންސީ ފަރުވާދޭނެ އީއާރު ޤާއިމްކުރި ފަހުން ފާއިތުވި 4 މަސްތެރޭގައި 10393 ކުދިން އެތަނުން ޚިދުމަތް ހޯދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ތުއްތުކުދިންނާއި 16 އަހަރުން ދަށުގެ ކުދިންނައް ޚާއްސަ ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް އެއީ މިދިޔަ ނޮވެމްބަރުގައި އަޅުގަނޑުމެން ފެށީ. ފަށައިގެން މިދިޔަ 4 މަހެއްހާ ދުވަހުގެ ތެރޭގައި 10393 ކުދިން ވަނީ ޚިދުމަތް ހޯދާފައި. މާނައަކީ، އެހެންނޫންނަމަ، ޢާންމުންވެސް ދާ އީ.އާރަށޭ މި ކުދިންވެސް ދާންޖެހޭނީ.” ރައީސް ވިދާޅުވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްޞަ އިމަރޖެންސީ ފަރުވާ ޤާއިމްކޮށްފައިވަނީ ކުޑަކުދިންނަށް ރަހުމަތްތެރި މާހައުލެއްގޮތަށް އިމަރޖެންސީގައި ޚާއްޞަ ފަރުވާ ދެވޭގޮތަށެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި ބެލެނިވެރިންނަށް އެތައް ފަސޭހައެއް ލިބިގެންދެއެވެ.
މިތަނުގައި ވަނީ ޓްރައޭޖުގެ އިތުރުން އެންމެ އިމަރޖެންސީ ހާލަތުގައިވެސް ފަރުވާދެވޭނެ ވަސީލަތް ޤާއިމްކޮށްފައެވެ. އަދި ގައިންގަޔަށް އަރާ ބަލިތައްފަދަ ހާލަތުގައި އެކަހެރިކޮށް ފަރުވާދެވޭނެ އިންތިޒާމުވެސް ޤާއިމްކޮށްފައިވެއެވެ. އެންމެ ތުއްތު ކުދިންނަށް ބޭނުންވާ ސިއްޙީ ފަރުވާވެސް ވަނީ ޤާއިމްކޮށްފައެވެ. ތަފާސް ހިސާބު ދައްކާގޮތުން އައިޖީއެމްއެޗްގެ އިމަރޖެންސީ ފަރުވާ ހޯދާ މީހުންގެ %20އަކީ ކުޑަކުދިންނެވެ. 11 އެނދާއެކު ޤާއިމްކުރި ކުޑަކުދިންގެ އީއާރްއާއެކު ކުޑަކުދިން ކިއުގައި މަޑުކުރަންޖެހޭ ޖެހުންވަނީ ނިމުމަކަށް އައިސްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
