
އަވައްޓެރި ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްސްއިން އާސަންދައިގެ ޚިދުމަތް މެދުކެނޑިފައިވާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ. އާސަންދައިން ވިދާޅުވީ، ކޮލޮމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސްއިން ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް މިވަގުތު މެދުކެނޑިފައިވާކަމަށެވެ. އަދި މި ޚިދުމަތް މެދުކެނޑިފައިވަނީ އެ ހޮސްޕިޓަލުން ކްރެޑިޓް އުޞޫލުން ޚިދުމަތްދިނުން ހުއްޓާލުމާގުޅިގެން ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިއާ ވިދާޅުވީ، މި މައްސަލައަށް ހައްލެއް ހޯދުމަށް މިހާރުވެސް މާލީ ވުޒާރާއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ނަގާނެ ސީދާ މުއްދަތެއް އެނގިވަޑައިނުގަންނަވާކަމަށް ޒީނިއާ ވިދާޅުވިއެވެ. ލަންކާއަކީ ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް އެންމެ ގިނައި ދާ އެއް ގައުމެވެ. އެގޮތުން ބޭސްފަރުވާ ހޯދުމަށް އެ ގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިން ވެސް ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ތައިލެންޑާއި ޔޫއޭއީއަށްވެސް މި ސްކީމްގެ ދަށުން ބަލިމީހުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމްތައް މިހާރު ދަނީ ހަމަޖައްސަވަމުންނެވެ. އާސަންދައިގެ ދަށުން އިތުރު ޤައުމުތަކުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އާސަންދައިގެ ޚިދުމަތް ފުޅާކޮށް މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް އަސަންދައިން ކުރެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން، އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން އާސަންދައިން ބޭސް ހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
