
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ނިމުނު ރަމަޟާން މަހު، ރޯދަ ހަދިޔާގެ ގޮތުގައި 81 މިލިޔަން ރުފިޔާގެ މަސްދަޅު ސަރުކާރުން ހަދިޔާ ކުރައްވައިފިއެވެ. މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި މަސް ދަޅު ބަހަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސް ދަޅު ކޭހެއް ވަނީ ހަދިޔާ ކޮށްފައެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަމަޟާން މަސް ނިމުނުއިރު ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކުރައްވާފައެވެ. އެއީ ކޮންމެ ގޭބިސީއަކަށް އެއް ކޭސްގެ މަގުން ބަލާނަމަ 111،231 ގޭބިސީއަށް ހަދިޔާ ކުރި އަދަދެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި ރަމަޟާން މަހު މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭސް ސަރުކާރުން ވަނީ ހަދިޔާކުރައްވާފައެވެ. އަދި އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ހަދިޔާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން މަސްދަޅު ހަދިޔާކުރުމަށް މިފްކޯއާ ހަވާލުކުރެއްވިއިރު އެ ކުންފުނިން ވަނީ ކޮންމެ މަސްދަޅު ކޭހަކުން 30 ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. އެކުންފުނިން އާންމުކޮށް، ތެލުގައި ބަންދުކޮށްފައިވާ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. މިފްކޯއިން ދެއްވި ޑިސްކައުންޓާއެކު ރައްޔިތުންނަށް މަސްދަޅު ހަދިޔާ ކުރެއްވުމަށް ސަރުކާރުން ވަނީ ޖުމްލަ 81،198،630 (އައްޑިހަ އެއް މިލިޔަން އެއްލައްކަ ނުވަދިހަ އަށްހާސް ހަސަތޭކަ ތިރީސް) ރުފިޔާ ޚަރަދުކުރައްވާފައެވެ.
މިއަހަރުގެ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ބަހާފައިވަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާ ބަހައިފައެވެ. އެގޮތުން މިދިޔަ އަހަރު ހަނޑޫ އަދި ފުށް ބަސްތާ ހަދިޔާގެ ގޮތުގައި ދީފައިވާއިރު 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން ހަދިޔާ ކުރެއްވިއެވެ.
މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުގެ އިތުރުން ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
