
ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު އަންނަ މަހުގެ 8 ވަނަ ދުވަހު ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، “ރައްޔިތުންނާއިއެކު ޕޮޑްކާސްޓް” ގައި ވާހަކަދައްކަވަމުންނެވެ. ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮރެންޖް ހިޔާގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ ކޮންޓްރެކްޓް ހަމަވާތީ ރައީސް އެ މަސައްކަތް ވަނީ ޤައުމީ ދިފާއީ ބާރާއި ހަވާލުކުރައްވާފައެވެ.
“ރައްޔިތުންނާއިއެކު ޕޮޑްކާސްޓް” ގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. މި މަސައްކަތް ނިންމުމަށް ސިފައިންނަށް ދީފައިވާ މުއްދަތަކީ 1 މަސްދުވަސްކަމަށެވެ. އަދި މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދެވުމަށް ސިފައިންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. “30 އޭޕްރީލްއަށް ނިންމާނެ އިރާދަކުރެއްވިއްޔާ ސިފައިން. މެއި މަހު 8 އެއީ ދުނިޔޭގެ ތެލަސީމިއާ ދުވަސް. އެދުވަހަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލޭގައި ހުރި މަރުކަޒު ހުޅުމާލެއަށް ބަދަލުކޮށް ވަރަށް ފަސޭހަކަމާއިއެކީގައި މާ އުނދަގުލެއް ކުދިންނަށްވެސް ދިމާނުވާގޮތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޭވިގެންދާނެ. ބަދަލުކުރުމުން މިހާރަށްވުރެ ރަނގަޅު ޚިދުމަތްތަކެއްވެސް ލިބޭނެ”. ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެލަސީމިއާ ސެންޓަރުގެ ކުރެހުންތައް އެމަނިކުފާނު އަމިއްލަފުޅަށް ބައްލަވާފައިވާކަމަށެވެ. މިހާރު ތެލަސީމިއާ ސެންޓަރުގެ މާހައުލު އޮންނަގޮތް އެހާ ހިތްގައިމު ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުވާއިރު ތުއްތުކުދިންނާއި ބޮޑެތި ކުދިންނަށްވެސް ލޭއެޅުމަށް ހިތްފަސޭހަ މާހައުލެއް ޤާއިމްވެގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުވާއިރު އިތުރު ވަސީލަތްތައްވެސް ހަމަޖެއްސެވުމަށް އަންގަވާފައިވާކަމަށެވެ. އެގޮތުން ޑީއެންއޭ ޓެސްޓުކުރާނެ މެޝިނެއް ހޯދުމަށް އަންގަވާފައިވާކަމަށެވެ. ތެލަސީމިއާ ސެންޓަރުގައި ސީނިއަރ ފިޒީޝަނެއްވެސް މިހާރު ފުލްޓައިމްކޮށް މަސައްކަތްކުރަން ފަށާފައިވާކަމަށާއި، އިތުރު 5 ނަރުހުން ހޯދަން އިއުލާންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތެލަސީމިއާ އަކީ ޤައުމުގައި ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. މިކަމަށް ރަނގަޅު ހައްލެއް ނައިސް ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. ނަމަވެސް މި މައްސަލަ މިހާރު ރައީސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
