
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ފުޅާކޮށް، އިތުރު ބިންތަކެއް ފޭރިގަންނާނެ ކަމުގެ އިންޒާރު ޔަހޫދީ ފައުޖުން ދީފިއެވެ. ޔަހޫދީ ފައުޖުން މި މޭރުމުން އިންޒާރު ދީފައި މި ވަނީ، ޣައްޒާގެ ބައެއް ސަރަޙައްދުތައް ހުސްކޮށް، ފޭބުމަށް އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އަމުރު ކުރުމަށް ފަހުއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,042އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ހުޅަނގުގެ މީޑިޔާތަކުން ބުނީ، 2007ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުންދާ ޙަމާސް ޖަމާޢަތަށް އޮތް ތާޢީދު ގެއްލެން ފަށާފައިވާ ކަމުގައެވެ. އަދި، އެ ޖަމާޢަތާ ދެކޮޅަށް ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ތެދުވެ، އަޑު އުފުލަމުންދާ ކަމުގައެވެ. އަދި، މި އޮއިވަރުގެ ބޭނުން ހިފައި، ޣައްޒާގެ ވެރިކަމުން ޙަމާސް ދުރުކުރުމަށް ޒަޔަނިސްޓު އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޔަހޫދީންނާ ދެކޮޅަށް ޙަމާސުން ދައްކަމުންދާ ހިތްވަރާ އެކު، އެ ޖަމާޢަތަށް އޮތް ތާޢީދު އިތުރުވަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޔަހޫދީ ފައުޖުން މި ވަގުތު އެންމެ ނުރައްކާތެރި ޢުދުވާންތަކެއް ހިންގަމުން ދަނީ ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސާއި ރަފަޙުގައެވެ. އެ ސަރަޙައްދުތައް ހުސްކުރުމަށް ޔަހޫދީ ފައުޖުން ވަނީ އަމުރު ކޮށްފައެވެ. އަދި، އެ އަމުރާ ޚިލާފުވާ ހުރިހާ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދޭނެ ކަމަށް ބުނެ، އިންޒާރު ދީފައެވެ. ޔަހޫދީންގެ ޢުދުވާނުން ސަލާމަތްވުމަށް ރަފަޙާއި ޚާން ޔޫނިސްގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ދަނީ ޣައްޒާގެ އައްސޭރިފަށުގައި އޮތް އަލް-މަވާސީއަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގެ ނިރުބަވެރި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒު ބުނީ، ޣައްޒާގެ ބައެއް ބިންތައް ފޭރިގަނެ، ބަފަރ ޒޯން ނުވަތަ ސަލާމަތީ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް، އަތްގަދަ ކުރަން މަސައްކަތް ކުރަމުން ދަނީ ކޮން ބިންތަކަކަށް ކަން، އަދި ކިހާ ބޮޑު ސަރަޙައްދަކަށް ކަން އޭނާ ސާފުކޮށްދީފައެއް ނެތެވެ. ޣައްޒާއަށް ވެރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަން ވެސް އިސްރާއީލުން ދާދި ފަހުން ހާމަކޮށްފައިވެއެވެ. ޓްރަމްޕްގެ ތަސައްވުރަކީ، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމެވެ. އަދި، ފަތުރުވެރިކަމަށް ޣައްޒާ ތަރައްޤީކޮށް، މުސްލިމުންގެ ބިމުން މާލީ މަންފާ ހޯދުމެވެ. ޓްރަމްޕްގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޣައްޒާއިން ފައިބަން ބޭނުން މީހުންނަށް އެ ފުރުޞަތު ފަހިކޮށްދޭނެ ކަމުގައި ޒަޔަނިސްޓުންގެ ސަރުކާރުން ބުނެފައިވެއެވެ.
ޔަހޫދީ ފައުޖުން އަލުން ޣައްޒާ ޢުދުވާން ފަށާފައި ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ޙަމާސުން ފުރިހަމަ ކުރަމުން ދަނިކޮށެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރަން ޖެހޭ 33 އަސީރުން ޙަމާސުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. ޔަހޫދީންގެ ބޭނުމަކީ، ޣައްޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން ހުސްކޮށް، އެ ސަހަރުގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމެވެ.
ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް މިޞްރާއި ޤަޠަރު ގުޅިގެން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިޞްރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޙަމާސުން ރުހުންދީފައިވީ ނަމަވެސް، އެ ކަމަށް އެއްބަސްވުމަށް ޔަހޫދީން ވަނީ އިންކާރު ކޮށްފައެވެ. ޣައްޒާގެ އިތުރުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު އަމަލު ކުރަމުން ދިޔަ އެއްބަސްވުމާ ދެކޮޅަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
