
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުހްލަ ގާއިމްކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ކުރަންޖެހޭ އަދަދު ބޮޑުކުރަން ނިންމައިފިއެވެ. ޓޫރިޒަމްގެ ގާނޫނުގެ ދަށުން، އިގްތިސާދީ ސިޔާސަތެއްގެ ދަށުންދައުލަތުގެ އާންމު މަންފާއަށް ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކާއި އަދި އެ މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން އިންވެސްޓް ކުރަންޖެހޭ އެންމެ މަދު މިންވަރު ރައީސް ކަނޑައަޅުއްވަން ޖެހޭއިރު، މީގެ ކުރިން އެކަން ކަނޑައެޅުއްވި ގަރާރު އުވާލައްވައި އާ ގަރާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނެރުއްވައިފައެވެ.
އެ ގަރާރަށް ބަދަލު ގެންނެވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުހްލަ ގާއިމްކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ކުރަންޖެހޭ އަދަދު ބޮޑުކުރުމަށެވެ. އަދި މިހާރު އެފަދަ ބަދަލެއް ގެންނަން ޖެހޭ ހާލަތު އައިސްފައިވާ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަމަށް އާ ގަރާރުގައިވެއެވެ. އެގޮތުން، މީގެ ކުރިން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުހްލަ ގާއިމްކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ކުރަންޖެހޭ އަދަދަކީ 15 މިލިއަން ޑޮލަރު ނަމަވެސް، ރައީސް ވަނީ އާ ގަރާރުގެ ދަށުން އެ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާއެވެ.
އެހެންނަމަވެސް، އާ ގަރާރުގެ ދަށުން ރަށްރަށް ގުޅުވަން ކޯޒްވޭ އެޅުމާއި، އެއާޕޯޓްތައް އެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި ބިން ހިއްކުން ފަދަ ކަންކަމަށް ކަނޑައަޅަންޖެހޭ ޖެހޭ އެންމެ ކުޑަ މިންވަރަށް ބަދަލެއް ގެނެސްފައިނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
