
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދެން އަންނަ ދައުރުގައި އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ތާއީދުކުރައްވައިފިއެވެ. މަޖިލިސް މެންބަރުުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި އަމިއްލަ ޖަމިއްޔާއަކުން ޕެޓިޝަނެއްގައި ސޮއިކުރުން މިއަދު ކުރިޔަށް ގެންދިޔައެވެ. މިކަމާއި ގުޅިގެން ފަލާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ގޯސް ހިޔާލެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ މިފަދަ ބަދަލެއް ގެންނަން ރަނގަޅީ މަޖިލީހުގެ ދައުރެއް ނިމި، އާ ދައުރެއްގެ އިންތިޚާބަށް ފަހުގައި ކަމަށެވެ.
“މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް ސަބަބަކީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގިދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ.” ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި މެމްބަރެއްގެ މުސާރަ 100،000 ރުފިޔާއަށް ހަދަން ކަމާ ގުޅުން ހުރި ކޮމިޓީއިން ފާސްކޮށްފައިވީނަމަވެސް އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، 21 ވަނަ މަޖިލީހަށް އަލަށް މެންބަރަކަށް 5,000 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް ކަނޑައެޅުމުން، އެ މުސާރައަށް އެއްބަސްވެގެން ކުރިމަތިލާ މެންބަރުންނަށް ފަހުން ޝަކުވާ ކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
“އަލަށް 21ވަނަ މަޖިލީހަށް މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެމުސާރަ އޯކޭވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ.” ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލާހު ވަނީ ކުރީގެ ރައީސުންގެ އިނާޔަތާ މެދު ވެސް ވިސްނާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ފަނޑިޔާރުންގެ މުސާރައާ މެދު ވެސް ވިސްނާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާ، ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަވައެވެ. އެހެންކަމުން ފަލާހު ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
