
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.
— Dr Mohamed Muizzu (@MMuizzu) April 1, 2025
އެމްޑަބްލިޔުއެސްސީ ވުޖޫދުވީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ކުންފުނީގެ އެންމެ ބޮޑު މަޤުޞަދަކަށްވީ އޭރު މާލެއަށް ދިމާވެފައިވާ ފެން ލިބުމުގެ ދަތިކަމަށް ޙައްލެއް ގެނެސް، ނަރުދަމާ އެޅުމެވެ. މިވީ 30 އަހަރުގެ ތެރޭގައި އެ ކުންފުނީގެ ޚިދުމަތްތައް އެތައް ރޮނގަކުން ކުރިއަރާ މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށާއި މާލެ ސަރަހައްދަށްވެސް ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީން ދެއެވެ. އެ ގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން ޚިދުމަތްދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކޮށް، އެމްޑަބްލިޔުއެސްސީން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެ ގޮތުން މާލޭގެ ފެނުގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މާލެ ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު 10،000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މާލެއާއި ހުޅުމާލޭގެ ފެން ރައްކާކުރާ ޕްލާންޓްތައް ގުޅަލައި، ސިނަ މާލެ ބުރިޖު މެދުވެރިކޮށް ފެނުގެ ވިއުގައެއް އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތަށް ޖެހިފައެވެ. މީގެއިތުރުން ނަރުދަމާގެ 15 ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑަބްލިޔުއެސްސީން ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
