
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައިރު، އިޝްތިހާރު ކުރުމަށް އަބަދުވެސް ތަފާތު ހަރަކާތްތައް ހިންގައެވެ. މީގެ ތެރެއިން މިފަހަރު ކުރިއަށް ގެންދެވޭ އެންމެ މުހިންމު ހަރަކާތަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކުލަބު ކަމަށްވާ ލިވަޕޫލްއާއެކު ކުރިއަށްގެންދާ ޕްރޮމޯޝަނަލް ހަރަކާތްތަކެވެ.
ފުޓުބޯޅައަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރެވެ. މީގެ ތެރެއިން އިނގިރޭސި ފުޓުބޯޅަ ކްލަބުތަކުން މެޗުތަކަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު ބަލާ މެޗުތަކެވެ. އެމްއެމްޕީއާރްސީން ލިވަޕޫލް އާއިއެކު ސޮއިކޮށްފައިވާއިރު، 2023-2024 ގެ ޕްމިއަރ ލީގުގެ ސީޒަންގައި އެންމެ ގިނަ ބަޔަކު ބެލީ އެ ކްލަބުގެ މެޗުތައް ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. ތަފާސްހިސާބުތައް ތައްޔާރުކުރާ “ނިއެލްސަން” އިން ބުނެފައިވާ ގޮތުގައި އެ ސީޒަނުގައި އެ ކްލަބުން ކުޅުނު 38 މެޗު ދުނިޔޭގެ ކަންކޮޅުތަކުން މުޅި އެކު 471 މިލިޔަން މީހުން އެކި މަންސަތައް މެދުވެރިކޮށް ބަލާފައިވެއެވެ.
އެ ކްލަބުގެ ރަސްމީ 316 ސަޕޯޓާސް ފޭން ކްލަބެއް ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުގައި އޮވެއެވެ. އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ޤައުމުތަކުގައި އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބްތަކާއެކު ޓާގެޓެޑް ކެމްޕޭންތަކެއް ހިންގުމަށްވެސް އެމްއެމްޕީއާރުސީއިން ވަނީ ނިންމާފައެވެ. އެމްއެމްޕީއާރްސީން ޤަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މިއަހަރު ރާއްޖެއަށް އިތުރު 100،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެއެވެ. މި މާކެޓިން ކެމްޕެއިނަށް 2.5 މިލިޔަން ޑޮލަރު އިންވެސްޓް ކުރާއިރު، މީގެ ސަބަބުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިއީ އިންވެސްޓްމެންޓުގެ 20 ގިނަ އިތުރު އަދަދަކަށްވާއިރު މީގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މީގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމަށް، 3 މަސް ދުވަހުގެ އައުޓްޑޯރ ކެމްޕެއިނެއް ވަނީ ފަށާފައެވެ. މި ކެމްޕެއިނަކީ އެ ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމުގެ މަޤްސަދުގައި އެމްއެމްޕީއާރްސީން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ކެމްޕެއިންގެ ދަށުން 100 އަށްވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކުގައިވެސް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތުގެ ތެރެއިން ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައިވެސް ރާއްޖޭގެ ރީތިކަން ދައްކާލުމަށް އިޝްތިހާރުތައް ހަރުކުރެވިގެންދާނެކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.
އެމްއެމްޕީއާރްސީއިން ވިދާޅުވީ މި ގުޅުމުގެ ސަބަބުން ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ޕާޓްނާރޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައިއެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކްލަބާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޤައުމަކީ މިއަހަރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
