
ސްޕެނިޝް ކަޕުގެ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފިއެވެ. ރެއާލް މެޑްރިޑުން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުކޮށް، 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އަދި ރޭ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-3 ގެ ނަތިޖާއަކުން ސޮސިއެޑާޑް ކުރި ހޯދުމާއެކު، މެޗުގެ އެގްރިގޭޓް ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގައެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މި މެޗަށް ނެރުނު ޓީމުގެ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކިލިއަން އެމްބާޕޭ އާއި އެންޓޯނިއޯ ރުޑިގާ އަދި ލޫކާ މޮޑްރިޗް މެޗު ފަށާފައިވަނީ ބެންޗުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 16 ވަނަ މިނިޓުގައި ސޮސިއެޑާޑްގެ ބަރެނެޓްޝިއާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 14 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ އެންޑްރިކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި ރެއާލް ސޮސިއެޑާޑުން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އޭގެ އަށް މިނެޓު ފަހުން މިކޭލް އޮޔަރްޒަބާލް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ އެގްރިގޭޓް ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ކޯޗު އަންޗެލޮޓީ ވަނީ ދެވަނަ ހާފުގައި ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެމްބާޕޭ އާއި ރުޑިގާގެ އިތުރުން މޮޑްރިޗްވެސް ވަނީ ކުޅެން އަރުވާފައެވެ. ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޫޑް ބެލިންހަމް އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޗޫމޭނީ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ރެއާލް ސޮސިއެޑާޑުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގައި އޮޔަރްޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނިޓުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ރުޑިގާ ވަނީ ލަނޑެއް ޖަހާ އެ ޓީމު މޮޅުކޮށްދީފައެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެ ޓީމަށް އެބައޮތެވެ. އެއީ ސްޕެނިޝް ކަޕުގެ އިތުރުން ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
