
(ފޮޓޯ ކްރެޑިޓްސް: ބައިބަލާ އެސޯސިއޭޝަން)
ޖުމްލަ 29 ޓީމާއެކު ޢީދު ބައިބަލާ ޗެލެންޖް 1446 ހުޅުމާލޭގައި ރޭ ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތުގެ ފުރަތަމަ ރޭ ވަނީ ހަ މެޗެއް ކުޅެފައެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބާއި ޓީއެފްޓީއެވެ. ސީދާ ދެ ގޭމުން މި މެޗު ކާމިޔާބުކޮށް ޓީއެފްޓީން ވަނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަޓުވާލައި، މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފައެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ޓީއެފްޓީ ވަކަރުގެއިން ވަނީ ސީދާ ދެ ގޭމުން ދަ ބައުސް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ރަނަރަޕް ކުލަބު ކާސިންޖީ އާއި ކުލަބު އޯވަންއޯ އެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް ކާސިންޖީން ވަނީ މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފައެވެ. އަދި މިރޭ ކުޅުނު ހަތަރުވަނަ މެޗުގައި ގަދަހިފުމަކުން ލިޓްލް ޓައުން ބަލިކޮށް ޖަނަވަރީމަގު ސްޕޯޓްސް ކުލަބުވެސް ވަނީ ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މުބާރާތުގައި ރޭ ކުޅުނު ފަސްވަނަ މެޗުގައި ބީޖީ ނިއު ޖެނެރޭޝަނުން ވަނީ ގަދަ ހިފުމުގައި ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި ފަހު މެޗުގައި ސީދާ ދެ ގޭމުން ކާސިންޖާ ބަލިކޮށް އެލްޓީ ސްޕޯޓްސް ކުލަބު ވަނީ މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
