
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ޖަމާޢަތުގައި ނަމާދު ކުރާއިރު މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއް ކަމަށް، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙަައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިމާމުން ފިޤުހުވެރިވުމާއި ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެވަގުތެއްގެ ޙާލަތުގައި ކަންއޮތްގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުން ކަމަށެވެ. މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މިކަމުގެ ބައެއް މިސާލުތައް ހިއްސާކޮށްދެއްވާފައެވެ.
އޭގެ ތެރޭގައި ޢީދު ނަމާދު ފަދަ ގަޑިއަށް ފަށަން ޖެހޭ ނަމާދުތައް، އެވަގުތު ޖެހުމުން ތެދުވެ ފެށުމުގެ ބަދަލުގައި ވަގުތު އޮށްވައި ތެދުވެ ސަފުތައް ތަރުތީބުކުރުން ހިމެނެއެވެ. މީގެ އިތުރުން ފަރުޟު ނަމާދުކުރާއިރު އިމާމުން ސަމާލުކަން ދޭންވީ ކަންކަން ވަޒީރު ޕޯސްޓުގައި ހިއްސާކޮށްދެއްވިއެވެ. މީގެ ތެރޭގައި، ޖަމާޢަތް ބޮޑުވާރަރަކަށް ކުރުކޮށް ކިޔެވުމާއި ކުޑަކުދިން ރޯ އަޑުއީވޭނަމަ ނަމާދު އަވަސް ކުރުން ފާހަގަކުރެއްވިއެވެ. އަދި ކައިރީގައި މިސްކިތްތަކާއި ގެތައް ތިބޭނަމަ، ނަމާދު ކުރާ ވަގުތު ތާޅަފިލި ޖައްސަައިގެން ނަމާދުކުރުމަކީ، ކައިރީގައި ތިބި މިސްކިތްތަކާއި ގެތަކުގައި އުޅޭ ފަރާތްތަކަށް އުނދަގޫވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިހާލަތުގައިވެސް ނަމާދު ވަގުތު ޖެހުނުކަން ގިނަ ބަޔަކަށް އެންގުމަށް ބަނގި ދޭއިރު ތާޅާފިލިއަށް އަޑު ދޭން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިފައިވާކަމެއްކަން ވަޒީރު ފާޙަގަކުރެއްވިއެވެ.
ހަމަ އެގޮތައް ދަމު ނަމާދާއި ޖަމާޢަތުގައި ނަމާދުކުރާއިރު ރުކޫޢާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާޢަތުގައި ތިބޭނެ ކަމަށް ވިސްނެވުމަށް ވަޒީރު ޝަހީމް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، ޢާއްމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާޢަތް ގެންދިއުމަށާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ނަމާދުކުރުމަކީ ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަމެވެ.
މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަށް ވަޒީރު ގޮވާލައްވާފައިވާއިރު، ބައެއް މިސްކިތްތަކުގައި އިމާމުން ނަމާދުކުރާ ގޮތާއި މެދު އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
