
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޑޮލަރު ބަދަލުކުރުމުގެ ސިޔާސަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ސާބިތުވެއްޖެއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ވަކި ޕަސެންޓެއް މާރުކުރުމަށް ލާޒިމުކުރުމުގެ ސަބަބުން، ޖެނުއަރީ މަހުން ފެށިގެން 150 މިލިއަން ޑޮލަރު މިހާރަނަށް ބޭންކިންގ ނިޒާމަށް ވަދެފައެވެ. މިއީ ކުރީގެ ޑޮލަރު މާރުކުރުންތަކާ އަޅާބަލާއިރު %40 އިތުރު އަދަދެކެވެ. މިއިން ދައްކުވައިދެނީ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމުގައި މި ސިޔާސަތުގެ ނަތީޖާ ރަނގަޅުކަމެވެ.
ރައީސް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި މި ސިޔާސަތާ އެއްގޮތައް %95 ވިޔަފާރިތަކުން ޢަމަލުކުރަމުންދާކަމީ ވިޔަފާރިތަކުގެ ފަރާތުން މި ސިޔާސަތަށް ލިބޭ ފުރިހަމަ ތާއީދާއި އެއްބާރުލުން ދައްކުވައިދޭ ކަމެކެވެ. މިހާމަތީ އަދަދަކުން ޢަމަލުކުރަމުންދިއުމަކީ ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމަށް ޙިއްޞާކުރުމުގައި ސްޓޭކްހޯލްޑަރުންގެ އިތުބާރާއި އަޒުމު ދައްކުވައިދޭ ކަމެކެވެ.
މި ސިޔާސަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ ދިވެހިންނަށް ޑޮލަރު ލިބުމުގެ ފުރުޞަތު އިތުރުވެފައިވުމެވެ. ސަރުކާރުން ވަނީ ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް ކޮންމެ ޓިކެޓަކަށް ވިއްކާ 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރަށް އިތުރުކުރުމުގެ ޕްލޭން އިޢުލާނުކޮށްފައެވެ. މިކަމުގެ ސަބަބުން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭރު ފަައިސާގެ ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނަ ކުރެވި، ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) އަށް ދެވޭ ޑޮލަރުގެ އެހީތެރިކަން އިތުރުކުރެވޭނެއެވެ. މިއިން ސީދާ ފައިދާ ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ވެސް ކުރާނެއެވެ.
ބްލެކް މާކެޓުގައި ގޮންޖެހުންތައް ދެމިއޮތް ނަމަވެސް، މި ސިޔާސަތުގެ ސަބަބުން ދައުލަތުގެ ވިޔަފާރިތަކަށާއި ސަރުކާރުގެ މަސައްކަތްތަކަށް ބޭރު ފައިސާ ލިބުމުގެ ފުރުޞަތު އިތުރުވެ ބޭރު ފައިސާ ލިބުމުގެ ދަތިތަކަށް ލުއިތަކެއްފަ ލިބިގެންދާއެވެ. މިއިން ބައިނަލްއަޤްވާމީ އިލްތިޒާމުތައް އަދާކުރުމާއި މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ޤައުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. މިސަރުކާރުން ކުރިއަށް ވިސްނައިގެން އަޅުއްވާ ފިޔަވަޅުތަކާއި، އަލަށް ތަޢާރަފުކުރެވުނު “ރައްޔިތުންނާއެކު” ޕޮޑްކާސްޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ހާމަކަން ބޮޑު ގޮތެއްގައި މުޢާމަލާތްކުރެއްވުމުގެ ސަބަބުން، އުއްމީދާއި އެއްބައިވަންތަކަމުގެ ރޫޙެއް އުފެދެމުން ދާކަން ޤަބޫލުކުރެވެއެވެ. ކަންބޮޑުވުންތަކަށް އަޑުއަހައި، ކާމިޔާބީތައް ފާހަގަކުރެއްވުމުގެ ތެރެއިން، އިޤްތިޞާދީ އިޞްލާޙާއި ކުރިއެރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ހާމަވެގެންދެއެވެ.
ކުރީ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ވައްޓާލި ފުންވަޅުގަނޑުން އަރައިގަންނަން ރައީސް މުއިއްޒުގެ ސަރުކާރުން އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ އެއްމިސާލަކީ ޑޮލަރުމާރު ކުރަމަށް ގެނައި ހެރޮބަދަލެވެ. ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، ޑޮލަރު ބަދަލުކުރުމުގެ ސިޔާސަތަކީ ހިތްވަރުގަދަ އަދި ކޮންމެހެން ބޭނުންވެފައިވާ ފިޔަވަޅެކެވެ. މިހާރު ވެސް ވަނީ މީގެ ހެޔޮ ނަތީޖާތައް ފެންނަން ފަށާފައިވެއެވެ. މި ސިޔާސަތު ތަންފީޒުކުރުމާއި އެއްބާރުލުން ދިނުން ކުރިއަށް ގެންދާނަމަ، އިޤްތިޞާދު އިތުރަށް ހަމައަކަށް އެޅުވުމާށާއި ދިވެހިންގެ މާލީ ދުޅަހެޔޮކަން އިތުރުކުރުމުގެ ފުރުޞަތު މި ސިޔާސަތުގައި އެކުލެވިގެންވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
