
ފިޠުރު އީދު ފާހަގަކުރަން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއެކު ހަވާއަރުވައިފިއެވެ. މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިސްނަގައިގެންނެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޑްރޯން ޝޯއާއި ހަވާއެރުވުމުގެ ހަރަކާތް ބަލާލަން ގިނަ އަދަދެއްގެ އާންމުން ވަނީ އެސަރަހައްދަށް ޖަމާވެފައެވެ. މިޑްރޯން ޝޯގެ ތެރެއިން ޢީދާއި ގުޅޭ ތަފާތު މަންޒަރުތަކާއި ދިވެހިވަންތަ ބައެއް ތަކެތި ވަނީ ދައްކާލާފައެވެ. އަދި ރަމަޟާންމަހާއި ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ފަލަސްޠީނުގެ ދިދަވެސް ވަނީ ޑްރޯން ޝޯގެ ތެރެއިން ދައްކާލާފައެވެ.
މިހަރަކާތައް ކުދި ބޮޑު އެކި އުމުރުފުރާގެ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާއިރު މިފަދަ ހަރަކާތެއް ޢީދާއި ދިމާކޮށް ބޭއްވުމުން ވަރަށް އުފާވާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިފަދަ ގިނަ ހަރަކާތްތައް ކުރިއަށްއޮތް ތަނުގައިވެސް ފެންނާނެކަމަށް އުންމީދުކުރާކަމަށް އެ ފަރާތްތަކުން ބުނެފައެވެ.

އެޗްޑީސީން މަންފާ ޖަމްއިއްޔާއާ ގުޅިގެން ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ވަނީ ކުޑަކުދިންގެ ޚާއްސަ ހަވީރެއްވެސް ބާއްވާފައެވެ. ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ޢީދު ފާހަގަ ކުރުމަށް “ޢީދު އުފާ 1446” ނަމުގައި ތަފާތު ގިނަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން “ޢީދު އުފާ 1446″ބޮޑު ހަރަކާތް މިއަދު ހަވީރު މާލޭގެ 3 ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މިހަވީރު ހޯމަ ދުވަހާއި އަންގާރަދުވަހުވެސް ބޭއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
