
ދުނިޔޭގައި މިހާރު ކަންތައްތައް ކުރިޔަށްދާ ގޮތުން ތިންވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ނުރައްކާ ބޮޑު ކަމަށް ޔޫރަޕިއަން ޔުނިއަން އިން ބުނެފިއެވެ.
ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށް ބުނެ، ޔޫރަޕިއަން ޔުނިއަނުން ވަނީ އެ ޔޫނިއަންގެ 450 މިލިއަން ރައްޔިތުން ސަމާލުވެ ތިބުމަށް އެދިފައެވެ. ޔޫރަޕިއަން ކޮމިޝަނުން ނެރުނު 18 ޞަފްޙާގެ ބަޔާނެއްގައި ވަނީ މަދުވެގެން 72 ގަޑިއިރަށް ފުދޭވަރަށް ކާބޯތަކެތި ރައްކާކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ޔޫރަޕިއަން ކޮމިޝަނުގެ ބަޔާނުގައި ވަނީ ހަނގުރާމައެއް ފެށިއްޖެނަމަ، ފުރަތަމަ ދުވަސްތަކުގައި ދިރިއުޅުމުގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ހިނގައިދާނެ ކަމަށް ބުނެފައެވެ. އަދި ސައިބަރ ހަމަލާތަކާއި، ނުރައްކާތެރި ބަލިތައް ފެތުރުމާއި، ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެންބޮޑުވުމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް ވެސް އިންޒާރު ދީފައިވެއެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޯސްޓާ ވަނީ ޔޫކްރެއިންގެ ސަރަހައްދަކީ ހަމައެކަނި ޗާޓެއްގައި ދަމާލާފައިވާ ރޮނގެއް ކަމަށް ރަޝިޔާއިން ދެކޭނަމަ، ސުލްހަ ގާއިމްކުރުމަކީ ހަގީގަތާ ދުރު އުންމީދެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭ ވަނީ އެމެރިކާއާ ނުލައި ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ތައްޔާރުވުމަށް އިންޒާރު ދީފައެވެ. މުސްތަގުބަލުގައި ޔޫރަޕުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނުމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭ ވަނީ ޔޫރަޕްގެ ގައުމުތަކުން ސިފައިންނާއި ދިފާއީ ސިނާއަތްތައް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައި އެއްބައިވަންތަކަމަށް އެދިވަޑައިގެންފައެވެ.
ނޭޓޯ އަކީ މީގެ 76 އަހަރު ކުރިން ޔޫރަޕަށް ހަމަޖެހުން ގެނައުމަށް އުފައްދާފައިވާ ޖަމާއަތެކެވެ. މި ހާލަތުގައި ދިވެހިރާއްޖެއިން ވެސް ސަމާލުވާންޖެހެއެވެ. ސަބަބކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމުން، ދުނިޔޭގެ މަސްރަހުގައި ހިނގާ ކޮންމެ ނުރައްކާތެރި ހާދިސާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެތީއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
