
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަދު ހަވީރު މާލޭގައި ބޭއްވި “ޢީދު ހަވީރަށް” މިވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ހަވީރުގައި އެތައް ސަތޭކަ ކުދިންނެއް ބައިވެރިވެފައިވާއިރު މި ހަރަކާތް ވެގެންގޮސްފައިވަނީ އެކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ބޮޑު ޢާއިލީ ހަރަކާތަކަށެވެ. “ޢީދު ހަވީރު” މި ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު މާލޭގައި ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭހެންނެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ. ހަމައެހެންމެ ކުންފުނިތަކުގެ ސްޓޯލްތަކުން ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ކުންފުނިތަކުގެ ސްޓޯލްތައްވެސް ތައްޔާރުކޮށްފައިވަނީ އެކި ތީމްތަކަށް ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންކަން ފާހަގަކޮށްލެވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ޢީދު ހަވީރުގެ ތެރެއިން ވަނީ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. ހަމައެހެންވެ ބައެއް ޑްރިލްތައް ވަގުތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.
ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލެއްވެސް ޖުމްހޫރީ މައިދާން ސަރަޙައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ. މި ހަރަކާތްތައް ވެގެންދިޔައީ ތުއްތުކުދިންގެ އިތުރުން އެ ސަރަޙައްދަށް ޖަމާވި އެކި އުމުރުފުރާގެ މީހުންގެވެސް ޝަޢުގުވެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ހަރަކާތްތަކެކެވެ. ޚާއްސަކޮށް ޢީދުގެ އުފާ އާއިލާއާއެކު އުފާވެރި މާޙައުލެއްގައި ފާހަގަކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ވަރަށް އުފާވެރި ހަރަކާތެއްގެ ގޮތުގައި ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ކުދިންނާއި، މީހުންވެސް ވަނީ ފާހަގަކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
“ޢީދު ހަވީރު” މި ހަރަކާތް ޚާއްސަ ވެގެންދިޔަ އަނެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހަވީރުގައި ބައިވެރިވެވަޑައިގެން ތުއްތުކުދިންނާއެކު ގިނަ ވަގުތުތަކެއް ސަލާމްކުރެއްވުމާއި ފޮޓޯ ނެންގެވުމުގައި ހޭދަކުރެއްވި ކުރެއްވުމެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ހަވީރާގުޅޭ ޚާއްސަ ކޭކެއް ފެޅުމުގެ ހަރަކާތުގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ބައިވެރިވެވަޑައިގެންފައެވެ. މި ހަވީރުގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު ޚާއްސަކޮށް ގިނަ އަދަދެއްގެ ތުއްތުކުދިން ޖުމްހޫރީ މައިދާން ސަރަޙައްދަށް އެއްވި އެއްވުމުން، އާންމުން މިފަދަ ކަމަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އަދި މި ހަރަކާތް ދިވެހިން ވަކިން ޚާއްސަކޮށް ތުއްތު ކުދިންގެ ފަރާތުން ލިބުނު ތަރުޚީބު މިވަނީ ފެނިގެންގޮސްފައެވެ.
ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. އަދި ޢީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
