
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ތަރިކައިން ނެރެދޭ މާނައަކީ ބައެއްގެ ދިރިއުޅުމުގައި ހުންނަ ހަރުދަނާ ގޮތްތަކާއި ސިފަތައް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފިޠުރު ޢީދުގައި މުނާސަބާ ފާހަގަކުރުމުގެ ގޮތުން “ހިއްޗަށް ވަޑައިގަތުން” އަދުގެ ޖީލަށް ދައްކާދިނުމަށް އެވުޒާރާއިން މާލޭގެ މަގުތަކުގައި ރޭ ބޭއްވި ތަމްސީލީ ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުންނެވެ. ހިއްޗަށް ވަޑައިގަތުމަކީ ރަސްރަސްކަލުން ކުރެެއްވި އަދި މިހާރު ރާއްޖޭގައި އުވިގޮސްފައިވާ ރާއްޖޭގެ ތާރީޚާއި ތަރިކައިގެ ބައެކެވެ. އެހެންކަމުން ހިއްޗަށްވަޑައިގަތުން އަދުގެ ޖީލަށް ދައްކާދިނުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ރާވައިގެން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި، އެއަރޕޯޓްސްއާއި، ކަސްޓަމްސްއާއި އެމްއެންޔޫގެ އިތުރުން އެކި މުއައްސަސާތައް ގުޅިގެންވަނީ ތަމްސީލީ ހަރަކާތެއް މާލޭގެ މަގުތަކުގައި ބާއްވާފައެވެ.
މިހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ހިއްޗަށްވަޑައިގަތުން މިހަރަކާތް ބައްޓަން ކުރެވިފައިވަނީ މިކަން ދައްކާލެވޭ ތަމްސީލެއްގެ ގޮތުގައިކަމަށެވެ. އަދި މިކަން ތަމްސީލީގޮތެއްގައި ގެނެސްދެއްވީ ތާރީޚީ ތަޖުރިބާ ކާރެއްކަމަށްވާ ދިވެހި ތާރީޚުގެ އިސްވާރު ކަށިމާ އަހުމަދު ޝާކިރުކަމަށް ވަޒީރު ވިދާޅުވިއެވެ. “ރަސްމީކޮށް މިހަރަކާތް ތާރީޚުގައި ހިނގާގޮތަކީ ރަދުން ބައިވެރިވެވަޑައިގަންނަވާ ރަދުންގެ ރަސްމީ ހަރަކާތެއްގެ ގޮތުގައި. މިކަން އޮންނަނީ ރަމަޟާންމަހުގެ ފަހު 10ގެ ވަކި ދުވަސްތަކެއްގައި ނުވަތަ ރޭތަކެއްގައި. ވަރަށް ކުލަގަދަކޮށް ވަރަށް ހައިބަތު ހުރިގޮތެއްގައި ކުރިއަށްދާކަމެއް. މިކަމަށްޓަކައި ތަފާތު ކެއްކުންތައް ކައްކާ ހިތިގެއެއްވެސް އޭރު ތައްޔާރުކުރެވޭ. ދަށްފިޔަފާޅި ކިޔާތަނެއް ތައްޔާރުކުރެވޭ. އެނޫންވެސް ބައެއް ރަސްމުތައް މީގެތެރޭގައި ހިމެނޭ. މިރޭ ކުރިއަށްދާ ހަރަކާތަކީ ހިއްޗަށްވަޑައިގަތުން މިކަން ތަމްސީލްކޮށްދިނުމަށްޓަކައި އެކަން އަދުގެ ޖީލަށް ދައްކާދިނުމަށް ގެނެވޭ ތަމްސީލީ ހަރަކާތެއް” ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތާރީޚީ ގޮތުން މިކަންކަން ގުޅިފައި ހުރިކަންކަން ދިރާސާކޮށްބަލަން ޖެހޭކަމަށެވެ. އެގޮތުން އޭރު މިކަންކަން އުފެދިގެން އައިގޮތާއި، މިކަންކަމުން ނެގުނު މާނަތަކާއި، ދިވެހިންގެ ދިރއުޅުމުގެ ހަޔާތުގައި މިކަންކަން އަދާކުރި ދައުރު ފަދަ ކަންކަމަކީ ދިރާސާކޮށް ބަލަންޖެހޭ ކަންކަންކަމަށެވެ. މާޒީއަށްބަލާއިރު ހިއްޗަށްވަޑައިގަތުން ތިން ދައުރަކުން ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އެންމެ ބޯދާ މުސްކުޅިގޮތުގައި ހިއްޗަށް ވަޑައިގަތުން އޮތްގޮތާއި، އޭގެފަހުން ޝަމްސުއްދީންގެ ދައުރުގައި މިކަން އޮތްގޮތާއި، މުހައްމަދު ފަރީދުގެ ދައުރުގައި މިކަން އޮތްގޮތްކަމަށެވެ. މީގެއިތުރުން މުހައްމަދު އަމީންވެސް ހިއްޗަށްވަޑައިގެންނެވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ތަރިކައިން ނެރެދޭ މާނައަކީ ބައެއްގެ ދިރިއުޅުމުގައި ހުންނަ ހަރުދަނާ ގޮތްތަކާއި ސިފަތައްކަމަށެވެ. އަދި ތާރީޚީ މިފަދަ ހަރަކާތްތަކުންވެސް ފެނިގެންދަނީ ދިވެހިންގެ އަމިއްލަވަންތަ ސިފައާއި، ދިވެހިންގެ ޝަޚުސިއްޔަތުކަމަށެވެ. އަދި ދިރުޅުމުގައި އެންމެން ގުޅިގެން ވެރިންނަށް ކިޔަމަންވެ އެކަކު އަނެކަކަށް ކަމޭހިތާ އެކަކު އަނެކެއްގެ މިނިވަންކަން ދިފާޢުކުރުމުގެ ދާއިރާ ކަނޑައެޅިގެން އެގޮތަށް ދިރިއުޅުން ބައްޓަންކުރުން އެއީ ތާރީޚާއި ތަރިކައިގެ މިފަދަކަންކަމުން ލިބޭ ފިލާވަޅުކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
