
ހުސްވެފައިވާ ބްރެޒިލްގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރެއާލް އެންމެ ފަހުން ކުޅުނު މެޗަށް ފަހު ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު އަންޗެލޮޓީ ބުނީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމަށް އިހްތިރާމް ކުރާނެ ކަމަށެވެ. އޭނާ ގެންދިއުމަށް ބްރެޒިލްގެ ފެޑަރޭޝަނުން ވަނީ މީގެ ކުރިން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ ނަޒާރިއޯ މެދުވެރިކޮށް އެފަދަ މަޝްވަރާއެއް ކުރިކަމަށް އަންޗެލޮޓީ އެއްބަސްވެފައެއް ނުވެއެވެ.
“ނޫން (ބްރެޒިލްގެ ކޯޗުކަން ގަބޫލުކުރާނަންތޯ އެހުމުން). އަހަރެން މިހުރީ ރެއާލްގެ ކޮންޓްރެކްޓްގައި. އަހަރެންނާއި ބްރެޒިލްގެ ގައުމީ ޓީމާއި ބްރެޒިލްގެ ކުޅުންތެރިންނާއި ކުލަބުތަކާ ވެސް ގާތްކަން އޮވޭ. އަދި އަހަރެން ރޮނާލްޑޯއާއެކު ވަރަށް ގިނަ މަޝްވަރާކުރަން. އެކަމަކު ތިކަހަލަ ވާހަކައެއް ދެއްކި ހަނދާނެއްނެތް،” އަންޗެލޮޓީ ބުންޏެވެ. ބްރެޒިލްގެ ފެޑަރޭޝަނުން އަންޗެލޮޓީއާއެކު މީގެ ދޮޅު އަހަރު ކުރިން މަޝްވަރާތައް ފެށީ އޭސީ މިލާނުގައި އޭނާ ކޯޗުކޮށްދިން ރޮނާލްޑޯ މެދުވެރިކޮށެވެ. އަދި ރޮނާލްޑޯ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ކުރިމަތިކިއިރު ޕްލޭނަށް އޮތީ ގައުމީ ކޯޗަކަށް އަންޗެލޮޓީ ނުވަތަ ޕެޕް ގާޑިއޯލާ ގެންދިމަށެވެ. މިކަމަށް ރޮނާލްޑޯ ވެސް އެއްބަސްވެ އެވެ. އަދި އަންޗެލޮޓީވެސް ބްރެޒިލްގެ ގައުމީ ކޯޗުކަމާމެދު ޝައުގުވެރިކަން ކުރިން ފާޅުކުރި އެވެ. އެކަމަކު އޭނާ މިދިޔަ އަހަރު ރެއާލްއާއެކު އެއްބަސްވުން އައުކުރީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ.
މީގެ ކުރިން ގައުމީ ޓީމަކަށް ކޯޗުކޮށްދީފައި ނުވި ނަމަވެސް ކުލަބު ފުޓްބޯޅައިގައި އަންޗެލޮޓީއަކީ އެންމެ ކާމިޔާބު އެއް ކޯޗެވެ. ރެއާލްގެ ވަޒީފާއަށް ފަހު ދެން ފެންނާނީ ގައުމީ ޓީމަކުން ކަމަށްވެސް އަންޗެލޮޓީ މީގެ ކުރިން ވަނީ ބުނެފައެވެ. ނަތީޖާތައް ވަރަށް ގޯސްވުމުން ބްރެޒިލްގެ ކޯޗުކަމުން ޑޯރިވާލް ޖޫނިއާ ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އައު ކޯޗަކަށް ހެދުމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ޝޯޓް ލިސްޓްކޮށްފައިވާ ތިން ކޯޗުންގެ ތެރޭގައިވެސް އަންޗެލޮޓީ ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
