
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލްގައި ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މާކަސް ރަޝްފޯޑް ޖެހި ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާއިން ހޯދައިފިއެވެ. ޕްރެސްޓަންގެ ދަނޑުގައި ބާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އެސްޓަން ވިލާއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފަ އެވެ.
އެސްޓަން ވިލާއިން މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އެސްޓަން ވިލާގެ މޯގަން ރޮޖާރސް އަށް އެންޑްރޫ ހިއުސް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އިން ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ލޯނު އެއްބަސްވުމެއްގެ މެންޗެސްޓަރ ޔުނައިޓެޑް އިން އެސްޓަން ވިލާ އާއި ގުޅުނު ރަޝްފޯޑް މި މެޗުގައި ދެއްކި ކުޅުމާއިއެކު 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެފްއޭ ކަޕް އެސްޓަން ވިލާއަށް ކާމިޔާބު ކުރެވިދާނެކަމުގެ އުންމީދު ވަނީ އައުވެފަ އެވެ. އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވަނީ 1957 ވަނަ އަހަރު އެވެ.
މި މެޗުގައި އެސްޓަން ވިލާ އިން ޖެހި ތިންވަނަ ލަނޑޫ މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޭކޮބް ރަމްސޭ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ދެވަނަ ލަނޑު ޖަހަންވެސް އެހީތެރިވި ލޫކަސް ޑިގްނޭ އެވެ. އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާއިން މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
