
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު އީދު ސަލާމް ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވަން ފައްޓަވާފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 އެއްގައި މުލީއާގޭގައެވެ. އަދި ސަލާމް ކުރުން ނިންމަވާލައްވާ ލެެއްވީ 10:00 އެއްގައެވެ. ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރެއްވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ. އީދު ދުވަހުގައި ރައީސްގެ ދެކަނބަލުން ރައްޔިތުންނާ ސަލާމް ކުރެއްވުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުންދާ ކަމެކެވެ. އީދު ދުވަސްތަކުގައި އެންމެ ގިނައިން އީދު ސަލާމްް ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އީދު ދުވަސްތަކުގައި ސަލާމް ކުރެއްވުން ކުރިއަށް ގެންދެވިއެވެ.
އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި ކޮވިޑުން އަރައިގަނެ، އާންމު ހާލަތަކަށް އައި ފަހުން ވެސް އީދު ދުވަސް ދުވަހު ސަލާމް ކުރަން ވަކި ހާއްސަ އިވެންޓެއް ބާއްވާފައި ނެތެވެ. ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން ފަހުން އީދު ހުރިހާ ރައްޔިތުން ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެއްވުމަށް ބާރު އަޅުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
