
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ 80 އިންސައްތަ އާބާދީއަށް އީދަށް ހަރުކުރި ލައިޓުތައް ދިއްލައިފައިފިއެވެ. މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ފިތުރު އީދު ދިއްލުން ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އިސްލާމީ އަޤީދާ ވަރުގަދަ ކުރުމާއި އިސްލާމްދިނާ ގުޅޭ އެކި ކަންކަން ދިރުވަައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޒައާމަތުގައި އިސަކަން ދެއްވާ ކަމެއް ކަމަށެވެ.
އިސްލާމްދީނުގެ ހައިބަތާއި ކަރަމާތާއި ޤަދަރު ދެމެހެއްޓޭނެ ގޮތެއްގެ މަތިން އީދު ފާހަގަކުރުމާއި އީދުގެ އުފާ ފާޅުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމީ ސިފަތަކާއި ދިއްލުންތައް ދިއްލުމަކީ މުސްލިމް ޤައުމެއްގައި ކުރެވޭނެ ކަމެއް ކަމަށާއި އީދު ދިއްލުން އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ 24 ސަރަހައްދެއް އޭރު އީދު ދިއްލުން ފާހަގަކުރި ނަމަވެސް ރައްޔިތުންގެ އެދުމާއެކު ރާއްޖޭގެ އެކި ރަށްތަކުގައި އެ މަސައްކަތް ފެށިގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ރާއްޖޭގެ ގާތްގަނޑަކަށް 80 އިންސައްތަ އާބާދީއަކަށް އީދު ދިއްލުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައި. މިފަދަ ބޮޑު ފުރުސަތުތަކެއް އިސްލާމީ ސަޤާފަތް ދިރުވުމަށް މިފަދަ ކަމެއް ސަރުކާރުން އިންތިޒާމުކުރީތީ އަޅުގަނޑު ރައީސަށް ޝުކުރު ދަންނަވަން،” މިނިސްޓަރު ވިދާޅުވިއެވެ. އީދަށް ދިއްލުމުގެ މަސައްކަތް ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިރު ސްޓެލްކޯ މުވައްޒަފުންގެ އެހީތެރިކަން ލިބިގެންދިޔަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޤައުމު ތަރައްޤީކުރުމުގައި ރައްޔިތުންގެ ހިއްސާ ބޮޑު ކުރުމަށާއި އެ ހިއްސާ ރަނގަޅަށް ހޯދައިދިނުމުގެ ހަޤީޤީ ނާރެހަކީ ކައުންސިލް އިދާރާތައް ކަމަށާއި ލާމަރުކަޒީ ސިޔާސަތުތަކަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކައުންސިލުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދު ހެދި ބޮޑުވަމުންދާ ޖީލަށް އިސްލާމް ދީނުގެ ފިލާވަޅުތައް އުނގަންނައިދޭން ޖެހޭނެ ކަމަށެވެ.
މި އީދުގައި ގުޅުންތައް ދަމަހައްޓާ، އެއްބައިވަންތަކަން އިސްކޮށް، މާތްﷲ ގެ މަތިން ހަނދުމަކޮށް އުފާފާޅުކުރުމަށް މިނިސްޓަރު ޑރ. ޝަހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
