
މި އަހަރަކީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރުކަން މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދަައްކައިފިއެވެ. ޒަކާތު ހައުސް އިން ރޭ ވަނީ މުޅި ރާއްޖެއިން ފައިސާގެ ގޮތުގައި ބަލައިގަނެވުނު ފިތުރުޒަކާތުގެ ތަފާސްހިސާބުތައްް އާއްމު ކުރައްވާފައެވެ. މިގޮތުން މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 13 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބިފައި ވަނީ 12 މިލިއަން ރުފިޔާއެެވެ. އަދި 2023 ވަނަ އަހަރު 12 މިލިއަން ރުފިޔާ ލިބުނުއިރު، 2022 ވަނަ އަހަރު ލިބިފައި ވަނީ 11 މިލިއަން ރުފިޔާއެވެ.
މި އަހަރު ގޮވާމުން ބަލައިގަތް ފިތުރު ޒަކާތް މަދުކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން މި އަހަރު 10،023.6 ކިލޯގެ ތަކެތި ބަލައިގަތްއިރު، މިދިޔަ އަހަރު 12،959.29 ކިލޯ، އަދި 2023 12،380.85ކިލޯ އޭގެ އިތުރުން، 2022ގައި 10،092.00 ކިލޯގެ ތަކެތި ބަލައިގަނެފައި ވެއެވެ. ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު އެންމެ ގިނައިން މީހުން ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ ބީއެމްއެލް މެދުވެރިކޮށެވެ. މިގޮތުން އެ ބޭންކް މެދުވެރިކޮށް ޒަކާތުގެ ގޮތުގައި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާއިރު، އެމްއައިބީ މެދުވެރިކޮށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރުފިޔާ، ދިރާގު މެދުވެރިކޮށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ، އުރީދޫ މެދުވެރިކޮށް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައި ވެއެވެ. އޭގެ އިތުރުން، ފަހިޕޭ މެދުވެރިކޮށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ، ބަނޑޭރިޕޭ މެދުވެރިކޮށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ، ޒަކާތު ހައުސްގެ ކައުންޓަރުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި ކައުންސިލްތަކުން 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައި ވެއެވެ.
ސަރުކާރުން މިހާރު ވަނީ ފަގީރުންނަށް ފިތުރު ޒަކާތު ފައިސާ ޖަމާކޮށް، ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް 5 ލައްކަ ރުފިޔާ ހަދިޔާކުރަން ނިންމައިފައެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
