
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޓޫޑެންޓް ލޯނުތައް ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަށް ހެދުމަށް ނިންމެވުމާއެކު އެކަމަށް ކުރަންޖެހޭ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަށް ހެދުމަށް ރައީސް މުއިއްޒު ނިންމެވި ނިންވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެ ދެންނެވި ލޯނުތަކާ ގުޅިގެން ރައީސް ނިންމެވި ނިންމެވުން ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް އެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށެވެ.
އަދި އެކަމަށްޓަކައި ވާން ޖެހޭ އެންމެހައި ތައްޔާރީތައް މި ވަގުތުން ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓްރީން ވިދާޅުވީ، އެ ނިންމެވުމުން ދައްކައިދެނީ ސައްތައިންސައްތަ އިސްލާމީ ރާއްޖޭގައި ފައިސާއާ ގުޅޭ ކަންތައްތައް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ރައީސް އިސްކަންދެއްވާ މިންވަރު ކަމަށެވެ. ރައީސްގެ އެ ނިންވެމާއެކު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް ބަދަލު ގެނެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އެގޮތުން އެ ވުޒާރާއިން ކުރިއަށް އޮތް ތަނުގައި ދޫކުރާ އެންމެހައި ސްޓޫޑެންޓް ލޯނުތައް އަނބުރާ ދައްކާއިރު ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އަދަދެއްގެ ފައިސާއެއް ނުނެގުމާއި އެ ވުޒާރާއިން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީ ނުނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި އެ ވުޒާރާއިން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް އެޑްމިނިސްޓްރޭޓިވް ފީގެ އެއް އިންސައްތަ އުނިކޮށް އެ ލޯނުތައް އަނބުރާ ދައްކަން ޖެހޭ އަދަދު އެޖަސްޓް ކުރާނެ ކަމަށް ވެސް ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
