
އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކުރުމަށް ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތައުރީފް ކުރައްވައިފިއެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކޮށް، ދައްކަން ޖެހޭ މިންވަރު ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީޢާ ކޮމްޕްލަޔަންޓް” ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
އެގޮތުން، ރާއްޖެއާއީ ރާއްޖޭން ބޭރުން ތަޢުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރަން އެންގެވިއެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ނުނަގަން ރައީސް ވަނީ އަންގަވާފައެވެ. އޭގެ އިތުރުން، ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން ބަދަލުކުރަން ރައީސް ވަނީ އަންގަވައިފައެވެ.
ރައީސްގެ އެ ނިންމެވުމާއި ގުޅިގެން ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވީ، ރިބާ ހިމެނޭގޮތަށް ކުރިން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނު، އިސްލާމީ ޝަރީއަތުން ހުއްދަ ކުރާ ގޮތަށް ބަދަލު ކުރަން ނިންމެވީތީ ރައީސްއަށް ޝުކުރު އަދާކުރާ ކަމަށެވެ. “މިފަދަ ކަންކަމަކީ ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ ކަންކަން.” ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
ރިބާ ހިމެނޭގޮތަށް ކުރިން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނު، އިސްލާމީ ޝަރީޢާ ހުއްދަ ކުރާ ގޮތަށް ބަދަލު ކުރަން ނިންމެވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ @MMuizzu އަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މިފަދަ ކަންކަމަކީ ދީނަށް ލޯބިކުރާ ކޮންމެ މީހަކު އުފާވާނެ ކަންކަން. https://t.co/GkjqUCtNjh
— Dr.Ali Zahir bin Saeed Gasim (@alizahirsaeed) March 27, 2025
ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް ޝެއިހް އަހްމަދު ސަމީރު އިބްރާހިމް ވަނީ އިސްލާމީ ޝަރީއާ ހުއްދަ ކުރާ އުސޫލުން ސްޓޫޑެންޓް ލޯނުގެ ކަންކަން ތަރުތީބުކޮށްދެއްވަން ނިންމެވިކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާފައެވެ. “މީއީ އިސްލާމީ އުސޫލަށް ކަންކަން ބައްޓަން ކުރެއްވުމުގައި ރައީސް އެޅުއްވި ވަރަށް ހެޔޮ ފިޔަވަޅެއް.” ޝެއިހް ސަމީރު ވިދާޅުވިއެވެ.
އިސްލާމީޝަރީޢާ ހުއްދަ ކުރާ އުޞޫލުން ސްޓޫޑެންޓް ލޯނުގެ ކަންކަން ތަރުތީބުކޮށްދެއްވަން ނިންމެވިކަމަށްޓަކައި @MMuizzu އަށް ޝުކުރު ދަންނަވަން! މީ އިސްލާމީ އުޞޫލަށް ކަންކަން ބައްޓަން ކުރެއްވުމުގައި ރައީސުލް ޖުމުހޫރިއްޔާ އެޅުއްވި ވަރަށް ހެޔޮ ފިޔަވަޅެއް ! https://t.co/4hFJPYGvhK
— Ahmed Sameer (@Ahmadhsameer) March 27, 2025
ޝެއިހް ޝަފީއު އަބްދުﷲ ކުރައްވި ޕޯސްޓެއްގައި ވެސް ވަނީ އެ ނިންމެވުމަށް ތައުރީފު ކުރައްވާފާއެވެ. އަދި އެއީ ދިވެހި ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެއް ކަމުގައި ވިދާޅުވިއެވެ.
މާ ޝާ ﷲ… ހާދަ އުފާވެރި ޚަބަރެކޭ… https://t.co/281uQWkS3Q
— Shafeeu Abdullah (@shafeeu26) March 27, 2025
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން މިދިޔަ އަހަރު 1،015 ދަރިވަރަަކު ހޮވިފައިވެއެވެ. މިދިޔަ އަހަރު 500 ލޯނު ދޫކުރަން ނިންމި ނަމަވެސް ރައީސް ވަނީ ޝަރުތުހަމަވި އެންމެނަށް ލޯނު ދޫކުރަން ނިންމަވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
