
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ސަރުކާރުން އީދާއި ދިމާކޮށް މަގުތައް ލައިޓްތަކުން ޖަރީކޮށް ދިއްލުންތައް ދިއްލަނީ ހާއްސަކޮށް ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދީ ދީނަށް ލޯބި ޖެއްސުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފޮޑްކާސްޓުގައި ރައީސް ވިދާޅުވީ ރޯދަ މަސް ނިމުމަށް ފަހުގައި އަންނަނީ އީދު ކަމަށާއި އިސްލާމްދީނުގައި މުސްލިމުންނަށް މުނާސަބަތެއްގެ ގޮތުގައި އުފާ ފާޅު ކުރުން އޮންނަނީ ދެ ދުވަހެއްގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ދެ އީދު ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“100 އިންސައްތަ އިސްލާމީ ގައުމެއްގައި ދެ އީދުގައި ސަރުކާރުން އިސްނަގައިގެން އުފާ ފާޅުކުރުމުގެ އެންމެ ފުރިހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ. އީދުގެ ދިއްލުންތައް ދިއްލައި އުފާފާޅުކޮށް. ހާއްސަކޮށް ކުޑަކުދިންނަށް އިސްލާމް ދީނުގެ ލޯބި ޖެއްސުމަށްޓަކައި މިކަން ކުރަނީ. އެންމެ ފުރަތަމަ އަޅުގަނޑު މިކަން ފެށީ މާލޭގައި. މިކަން މުޅި ރާއްޖެއަށް ފުލާކުރުމަކީ އަޅުގަނޑުގެ ވައުދެއް އެގޮތުން ފުރަތަމަ އަހަރު ވެރިކަން ކުރާ ރަށްތަކުގައި މި އަހަރު އިތުރު ރަށްތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެ. އޭގެ މަގްސަދަކީ ހާއްސަކޮށް ކުޑަކުދިން ދީނަށް ލޯބި ޖެއްސުން.”، ރައީސް ވިދާޅުވިއެވެ. ދީނުގެ އެފަދަ މުހިންމު މުނާސަބަތުތައް ފާހަގަކުރަނީ ހާއްސަކޮށް ކުޑަކުދިންނާއި ރައްޔިތުން ދީނާ ލޯބިޖައްސައި އިސްލާމް ދިނުގައިވާ ގޮތަށް މުނާސަބަތުތައް ފާހަގަ ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ފެއްޓެވި ހަރަކާތެކެވެ. މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒައާމަތުގައި މިދިޔަ އަހަރުގައެވެ.
މިދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް އީދުލައިޓްތައް ދިއްލާނެއެވެ. މި އަހަރު “އީދު އަލި” ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސިޓީތަކާއި ބެހޭ މިނިސްޓްރީން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
