
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ އަހަރުން ފެށިގެން ރަމަޟާން މަހު ސްކޫލްތައް ބަންދުކުރެވޭތޯ ބައްލަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. “ރައްޔިތުންނާއެކު” މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިސްލާމުންނަން ވީތީ އަބަދުވެސް އަޅުކަން ކުރަން ޖެހޭނެ ކަމަށާއި ވަކިން ބޮޑަށް ރޯދަ މަހަކީ އަޅުކަމަށް ހާއްސަ މަހެއް ކަމަށެވެ. ރޯދަ މަހުގެ ފަހު 10 އަށް އިތުރު ސަމާލުކަމެއް ދިނުމަށް ދީނުގައި ވެސް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެއީ ލައިލަތުލް ގަދުރިއަށް މަސައްކަތްކޮށް އެ ރޭގައި ދަރުމަ އާއި ސަވާބު ލިބިގަތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ 100 އިންސައްތަ އިސްލާމީ ގައުމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބޭނުންވަނީ އިސްލާމްދީނުގައި ހުންނަ ކަންކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އެއީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމުން މުޅި ރޭ އެއްކޮށް ބޭނުންވާ ކޮންމެ ގަޑިއަކު ރޭ އަޅުކަމުގައި އުޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. “ދުވާލު އޮފީހަށް ގަޑިނުޖެހި ދާން ޖެހޭނެ ކަމުގެ ކަންބޮޑުވުން އޮވެގެން ރޭގަނޑު ރޭ އަޅުކަމުގައި ނޫޅެވި ހިނގައިދާނެ. ހާއްސަކޮށް ފަހު 10 ގައި. އެހެންވެ އެ ފުރުސަތު މި ދިނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ކޮންމެ ދައުރެއްގައި ވެސް އެކަން އޮންނާނެ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އޭގެ އިތުރުންް ސްކޫލްތައް މި ފަހަރު ރޯދަ މަހަށް ބަންދުކުރީ ކުރިން އޮގޮތަށް ކަނޑައަލައިގެނެއްނޫން ކަމަށާއި އެއީ އަންނަ އަހަރުގެ ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގެނައި ބަދަލުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ” އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓްރަަށް ދަންނަވާފައި ދެން އަންނަ ކޮންމެ ރޯދަ މަހެއްގައި ވެސް ސްކޫލްތައް ބަންދުކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ. އެއްވެސް ވަރަކަށް ކިޔަވައިދޭ ގަޑިތައް ނުގެއްލޭނެ ގޮތަކަށް.” ރައީސް ވިދާޅުވިއެވެ.
ރޯދަ މަހަށް ސްކޫލްތައް ބަންދުކުރުމުން އެކަން ބެލެނިވެރިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި މިއީ ރޯދަ މަހަށް ދެވޭ ހާއްސަ ކަމެއްގެ ގޮތުން ސަރުކާރުން ނިންމާ ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މިއަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށެވެ. ނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލު ތަކެއް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށްއޮތް އަހަރުތަކުގައިވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ރަމަޟާން މަސް ސްކޫލްތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިންވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
