
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުގެ ހުޅުމާލޭގައި ތަރައްގީކުރާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމުމަށް ސިފައިންނާއި ހަވާލުކޮށް، މާދަމާ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރިޔާސީ ކެމްޕެއިންގެ ތެރޭގައި ތެލެސީމިއާ ކުދިންނާއި ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވެފައިވާ ދަތިތަށް އަޑުއެއްސެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ކުދިންގެ މައްސަލަތައް އެނގިލެއްވި ކަމަށާއި ނަމަވެސް އެކަންކަމަށް ހައްލެއް ނުލިބި މިހާ ހިސާބަށް އެ މައްސަލަތައް ގޮސްފައި ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
” އެތަނުގެ ހާލަތު ރަނގަޅުކުރުމަށް އަޅުގަނޑުމެން ވާނީ އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާއި. ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ ގޮތުން ޓެސްޓް ކުރުމަށް ބޭނުންކުރާ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ. އަދި ތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މަސައްކަތެއް ދަނީ ކުރަމުން. އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް މި ދަނީ ކުރަމުން. ރައީސް ވިދާޅުވިއެވެ. ތެލެސީމިއާ ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންނެވެ. ރައީސް ވިދާޅުވީ އެތަނުގެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުނިން މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނިންމާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން ވެސް މިހާރު ހަމަވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެ މަސައްކަތް ސިފައިންނާއި ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސިފައިން އެ މަސައްކަތް ކުރާނީ ހަމަކުރިން ވެސް ޑިޒައިން ކޮށްފައިވާ ގޮތުގެ މަތިން ކަމަށާއި އެ މަސައްކަތް މާދަން ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ސެންޓަރު އޭޕްރީލްގެ ނިޔަލަށް ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންނަށް ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް އެމަނިކުފާނު ނުކުމެ ވަޑައިގެން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އަދި އެ ސެންޓަރަށް ޒިޔާރަތްކޮށް ކުދިންގެ ހާލު ގާތުން ބެއްލެވިއެވެ. އެއަށްފަހު ރައީސް ވިދާޅުވީ އެ ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
