
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މުޅި ރާއްޖޭގެ 111،808 އަށްވުރެ ގިނަ ގޭބީސީތަކަށް މި ފަހަރު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ދީފިއެވެ. “ރައްޔިތުންނާއެކު” މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 އިންސައްތަ އިސްލާމުން އުޅޭ ގައުމަކަށްވާތީ ރޯދަ މަހަކީ ވަރަށް އިސްކަން ދޭންޖެހޭ މައްސަރެއް ކަމަށެވެ. އެގޮތުން މިދިޔަ ރޯދަ މަހުގައި ސަރުކާރުން ވާނީ ފުރަތަމަ ފަހަރަށް ކަރަންޓު ބިލާއި ފެން ބިލުން ހާއްސަ ލުޔެއް ދީފައި ކަމަށާއި އެކަން މި އަހަރުވެސް ކުރިއަށް ގެންގޮސް އެ ދެ ބިލުން ވާނީ ލުއި ކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މިދިޔަ އަހަރު ކޮންމެ ގޭބީސީއަކަށް ދިނީ ހަނޑޫ ބަސްތާ. ގެންދިޔަ ފަރާތްތަކުން ގެންދިޔައީ. މި ފަހަރު ހަމަޖެއްސީ މަސްދަޅު ކޭސް. މަސްދަޅު ވަރަށް ބޮޑަށް ބޭނުންކުރާނެ ރޯދަ މަހުގައި. އެއީ ވަރަށް އަގު ވެސް ބޮޑު އެއްޗެއް. އެހެންވީމަ 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ދޭގޮތަށް. އެކަން ވަރަށް ރަނގަޅަށް ހަމަޖެހިގެން ދިޔަ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާތަނަށް ޖުމްލަ 111،808 ގޭބީސީތަކުން މަސްދަޅު ކޭސް ގެންގޮސްފައިވާ ކަމަށެވެ. އެއީ އަތޮޅުތެރޭގެ 61099 ގޭބީސީއާއި މާލޭގެ 49،899 ގޭބީސީ ކަމަށެވެ.
ގާތްގަނޑަކަށް ހުރިހާ ގޭބީސީއަކުން މަސްދަޅު ކޭސް ގެންގޮސްފައިވާ ކަމަށާއި މިހާރު ނުގެންގޮސް ހުރި ފަރާތްތަކުން ބޭނުން ގަޑިއަކު ވަޑައިގެން ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރޯދައަށް މަސްދަޅު ކޭސް ބެހުން ފެށިގެން ދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށާއި މާލޭ ކުޑަކޮށް ހަލަބޮލިވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ހައްލުކޮށް ފަހުން މާލޭގައި ވެސް މަސްދަޅު ކޭސް ބަހާފައިވަނީ ހަމަޖެހުމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
