
މި އަހަރުގެ ފިތުރު އީދު ވާނީ މި މަހުގެ 31 ވަނަ ދުވަހަށް ކަމަށް އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ. ހަސަން ހަމީދު އެހެން ވިދާޅުވެފައިވަނީ ހަނދު ބަލާގޮތް ތަފްސީލްކުރައްވައި އެ ބޭފުޅާގެ ލިޔުންތައް ޝާއިއުކުރާ ހާއްސަ ވެބްސައިޓެއްގައި ޝާއިއުކުރި ލިޔުމެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށެވެ. މިއީ ފޮތްފޮތުން ބަލައިގެން ނުވަތަ މިޒަމާނުގައި، އިންޓާނެޓުން ފަސޭހައިން ބެލޭނޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަސަން ހަމީދު ވަނީ އެކި ވެބްސައިޓްތަކުން ހަނދު އަރާނެ ގަޑިތައް ވެސް އެ ލިޔުމުގެ ހިމަނާފައެވެ. އެގޮތުން 29 މާޗްގައި ރާއްޖޭގެ ގަޑި ހުންނަނީ ޔުނިވާސަލް ޓައިމްއަށް ވުރެ ފަސް ގަޑިއިރު ކުރީގައި ކަމަށާއި އެހެންކަމުން ހަނދު އުފަންވާނީ މާލޭ ގަޑިން 15:57 ގައި ކަމަށް ވަނީ ވިދާޅުވެފައެވެ. އެލިޔުމުގައި ހަސަން ހަމީދު އާންމުކޮށްފައިވާ ޗާޓުގައި ފާހަގަ ކޮށްފައިވަނީ އޭޝިއާގެ އެއްވެސް ގައުމަކަށް ހަނދު ނުފެންނާނެ ކަމަށެވެ. އެހެންކަމުން މުޅި އޭޝިއާގެ ބައްރަށް 29 މާޗްގައި ހަނދެއް ނުފެންނާނެ ކަމަށާއި ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާގެ ހުޅަނގު ބިތަށް ކަމަށް ވިދާޅުވެފައިވެއެވެ.
އެ ހިސާބު އޭނާ ވަނީ މައްކާއަށް ވެސް ހަދާފައެވެ. އެގޮތުން ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު ކަމަށާއި އެހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ ކަމަށް ވިދާޅުވެފައިވެއެވެ. ފުރޭފުކުރެވިފައިވާ އެއްވެސް ލިޔުމެއްގައި ފެނިފައިވާ ކަމަކަށް ވެސް ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން މާޗް މަހުގެ 30 ވަނަ ދުވަސް އީދަށް ނުވާނެ ކަމަށާއި ފިތުރު އީދު ދުވަހަށް ވާނީ މާޗް މަހުގެ 31 ވަނަ ދުވަސް ކަމަށް ހަސަން ހަމީދު ވަނީ ވިދާޅުވެފައެވެ. ޑރ. ހަސަން ހަމީދު އެފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މިއަހަރުގެ ފިތުރު އީދު ވާނީ މިމަހުގެ 30 ވާ އާދިއްތަ ދުވަހަށް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
