
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކީރިތި ޤުރުއާނާ ބެހޭ ވަޤުފް އިމާރާތް އެޅުމަށް މާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުން ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފް އިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތް ފަހު 10ގެ ތެރޭގައި ކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށް މިހާރު މާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށާއި، ސަރުކާރު ހުޅުވޭތަނުން އެކަމާއި ބެހޭ ސިިޓީ އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ވަޤުފް އިމާރާތް އެޅިގެން ދިއުމުން ވެގެންދާނީ ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް ކަމަށާއި އޭގެ ފުރިހަމަ ނަތީޖާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. ޙާފިޡުން ދަސްވެނުވުމުން އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ 24 ހާފިޒުން ދަސްވެނިވުމަކީ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއް ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އުއްމީދުތައް ހުންނަން ޖެހޭނީ މިއަށްވުރެ މަތީގައި ކަމަށެވެ. ޤައުމުގައި އިސްލާމް ދީނަށް ނަސްރުދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކުން ނުކުންނާނީ ހެޔޮ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެނީ އަދި އަމަލީ ގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރުދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރުގަ ނޯންނާނެ. މިގައުމުގައި އިސްލާމީ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރުމަކީ މިފަދަ ރެއެއްގައި ވަރަށް ބޮޑަށް އަޒުމް އައުކުރަން ޖެހޭ ކަމެއް” ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އިތުރު ޙާފިޡުން ނެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
