
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަނެއްމީހާ ދަށްކޮށްލާފައި ބޭނުންހާ އެއްޗެއް ބުނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށާއި ހައްޤުތަކާއެކީގައި ހުދޫދުތައްވާކަން ހަނދާންކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދަސްވެނިވި ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވުމަށް ފުރަތަމަ ފަހަރަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކީރިޔި ޤުރުއާނަކީ އަމަލީ ފޮތެއް ކަމަށާއި އެއީ ހަމައެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތެއް ނޫން ކަމަށެވެ. އަމަލީގޮތުން އުޅުންތައް ބައްޓަންކުރަންޖެހޭނީ އެފޮތުގައިވާ ގޮތަށްކަން ފާހަގަކުރައްވާ ރައީސް ވަނީ މުޖުތަމައުގައި މިއަދު ކަންކަން ހުރީ ކިހިނަކުންތޯ ސުވާލު އުފައްދަވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެކަކުގެ އަނެކަކުގެ އަބުރަށް އަރައިގަންނަނީ، ދޮގު ވާހަކަތައް ފަތުރަނީ، ދެބައޮޑުވަނީ އަޅުގަނޑުމެންގެ ތެރޭގައި ގޯސް ހުރިހާ އާދައެއް އެބަހުރި. ޤުރުއާނުގައި ދުރަށްދާން ޖެހޭ ހުރިހާ އާދަތައް އެބަހުރި، ވިސްނާލަންޖެހޭ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެސް އަބުރަށް އަރައިގަންނަނީ، ކުޑަ ޖަމާއަތުގެ ތެރޭގައި އިންސާނީ ކަރާމާތަށް އަރައިގަންނަނީ، އެޔެއް ނޫން ޤުރުއާނުގައި އަންގަވާފައިވާ ގޮތަކީ އަޅުގަނޑުމެން އެބެޖެހޭ ޤުރުއާނަކީ ކޮންމެ ދުވަހަކުވެސް އަމަލު ކުރާ ފޮތަކަށް ހަދަން އެހެން ނޫނީ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ” ރައީސް ވިދާޅުވިއެވެ. ކޮންމެ މީހަކީ ވެސް ކަރާމާތެއް ލިބިގެންވާ މީހެއް ކަމަށާއި ކޮންމެ މީހަކު ވެސް އަނެއް އިންސާނާއަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މުޖުތަމައު ރަނގަޅުވާނީ ތިމަންނަ ފަދައިން އަނެއްމީހާ އަކީ ވެސް ކަރާމަތްތެރިކަން ލިބިގެންވާ މީހެއްކަން ޤަބޫލުކުރެވުނު ދުވަހަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސަށް އޮޅުވާނުލާ، ޤައުމު ހަމަ މަގަށް ގެންނަން އަމިއްލަ ނަފްސު އިސްލާހު ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ތަންމެ އިމާރާތަކާއި ގެތަކެއް އަޅާ މަޝްރޫއުތައް ހިންގިޔަސް ތިމާގެ ހިތާ ސިކުނޑި މާތްﷲ އަންގަވާފައިވާގޮތަށް ބައްޓަން ނުކުރާނަމަ ހަޤީޤީ ތަރައްޤީ ނާންނާނެ ކަަމަށާއި ފިކުރު ތަރައްޤީ ކުރަންޖެހޭ ކަމަށެވެ. ރައީސް އިސްތިމާސްކުރެއްވީ ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރާ ބަޔަކަށްވުމަށެވެ. އަދި ކޮންމެ މީހަކީ ތިމާގެ އަނެއް މުސްލިމާއާ މެދު ހެޔޮކޮށް ދެކޭ ކަރާމަތް ލިބިގެންވާ މީހެއްކަން ޤަބޫލުކޮށް، އެ ކަރާމާތްތެރިކަމާއި އޯގާވެރިކަމާއި ރަހުމާއި ކުލުނު ތިމާގެ އަމިއްލަ ނަފްސަށް އެދޭ ފަދައިން އަނެއް މީހާ ވެސް އެދިގެން އޯގާވެރި މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
