
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކޮށް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަކީ އަމާޒެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބޭއްވި ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރަމަޟާން މަސް ނިމުމަށްފަހު ބޮޑު ދެ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބީއެމްއެލް ފައިނޭންސް ހަމަޖެހިފައިވާ ކަމަށެވެ.
މަޝްރޫޢުތައް ފުރިހަމަވުމުން 2045 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 12 މިލިޔަން ރުފިޔާ އިސްލާމީ ވަޤުފު ފަންޑަށް ޖަމާވަމުން ދާނެ ކަމަށާއި 2045 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު 70 ވަރަކަށް މިލިޔަން ރުފިޔާ އިސްލާމީ ފަންޑަށް ވަންނާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މާލޭގައި މިހާރުވެސް ވަޤުފް އިމާރާތެއް ހުރެއެވެ. ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި (ދާރުލްއީމާން) ބޭނުންކުރަން ފެށީ 2016 ވަނަ އަހަރު އެވެ.
އެ ތަނުން އަހަރަކު ހަ މިލިއަނެއްހާ ރުފިޔާ ފަންޑަށް ވަންނަ ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިފައިސާ ހަރަދު ކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ހާލަތު ރަނގަޅު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
