
ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މާތް ވެގެންވާ ހަރަމްފުޅަށް ރޭ އަޅުކަމަށް ދިޔަ މީހުންގެ އަދަދު 3.4 މިލިއަނަށް އަރައިފިއެވެ. ސައުދީގެ ނޫހެއް ކަމަށްވާ “ސައުދީ ގެޒެޓް” ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލައިލަތުން ގަދްރި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ރޭ ކަމަށްވާ ރޯދަ މަހުގެ 27 ވަނަ ވިލޭރޭ ހަރަމްފުޅު އޮތީ ފުރިފައެވެ. އެގޮތުން 3.4 މިލިއަނެއްހާ އުމުރާވެރިން ރޭގައި އަޅުކަން ކުރުމަށް އެ ސަރަހައްދަށް ޖަމާވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ހަރަމްފުޅުގެ އެތެރެ ފުރި ބާރުވެގެން އެ ސަރަހައްދުގެ މަގުތަކުގައި ވެސް މީހުން ތޮއްޖެހިގެން ތޮއާފްކުރަމުން ދިޔަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ރޭގައި އިޝާނަމާދަށް ފަހު ގިނަ ބަޔަކު ތަރާވީހުގައި ވެސް ބައިވެރިވި ކަމަށާއި އެ ސަރަހައްދަށް ރޭގައި ތުނިކޮށް ވާރޭވެހުނު ކަމަށް ވެސް އެ ނޫހުގައިވެއެވެ. އަދި އަޅުކަމަށް ތިބި ފަރާތްތަކުގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމާއި ކަރުނަ ކަމަށް ވެސް ބުނެފައިވެއެވެ.
ހަރަމްފުޅުގެ އިތުރުން ރޭގައި މަސްޖިދުލް ނަބަވީއަށް ވެސް ގިނަ ބަޔަކު ވަނީ ރޭ އަޅުކަން ކުރުމަށް ޖަމާވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
