
ދެކުނު ކޮރެއާގައި ހުޅަނގު ކަނޑުގެ ނަމުން މަޝްހޫރުވެފައިވާ، ޗައިނާއިން “ޔެލޯ ސީ” ނަމަކަށް ކިޔާ ކަނޑުގެ ހިޔާލު ތަފާތުވެފައިވާ ސަރަހައްދެއްގައި ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްފައި ކަމަށް އޯޝަންސް މިނިސްޓަރު ކަންގް ޑޯ ހިއުންގް ވިދާޅުވެއްޖެއެވެ. ޗައިނާގެ އިމާރާތްތަކަކީ މަސްވެރިކަމަށް ބޭނުންކުރާ ތަންތަން ކަމަށް ޗައިނާއިން ބުނަމުން ދިޔަ ނަމަވެސް، ދެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންތައް ގުޅޭ ޕްރޮވިޝަނަލް މެރިޓައިމް ޒޯންގައި ބެއިޖިން އިން ދައުވަތު ދޭން އުޅޭކަމުގެ ކަންބޮޑުވުން ސޯލްގައި ވަނީ ބޮޑުވެފައެވެ. ކަންގް ޕާލަމެންޓުގައި ވަނީ ދެކުނު ކޮރެއާއިން “ތިމާވެށީގެ ސާވޭ” އަށް “ސްޓޭޝަނަރީ ފްލޯޓިން ޕްލެޓްފޯމެއް” ގާއިމްކޮށް ޗައިނާގެ ހާލަތު ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
“ދެކުނު ކޮރެއާއިން ވަނީ ރަނގަޅު ފެންވަރެއްގެ ފްލޯޓިން އޮބްޖެކްޓަކާއެކު ބަދަލުގައި ފިޔަވަޅެއް އަޅާފައި،” އޭނާ ވިދާޅުވިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާގެ ބިނާތައް ބެލުމަށް ފޮނުވި ދެކުނު ކޮރެއާގެ ރިސާޗް އުޅަނދަކަށް ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތަކާއި އާންމުން އުފުލާ ރަބަރު ބޯޓުތަކުން ހުރަސް އަޅާފައިވާ ކަމަށް ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާގެ ކޯސްޓްގާޑުން ވެސް ހަރަކާތްތެރިވެ، ދެ ގަޑިއިރުގެ ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާގެ ވެރިކަން ކުރާ ޕީޕަލްސް ޕަވާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަންގާރަ ދުވަހު ވަނީ އެ ސަރަހައްދުގައި ޗައިނާ ހަރަކާތްތެރިވުމަކީ ކަނޑުގެ ސަލާމަތަށް ސީދާ ގޮންޖެހުމެއް ލިބޭ ކަމެއް ކަމަށް ސިފަކޮށް، އެއަށް ވުރެ ހަރުކަށި ޖަވާބެއް ދިނުމަށް ގޮވާލާފައެވެ.
އެ ޕާޓީގެ އިމަޖެންސީ ރެސްޕޮންސް ކޮމިޓީގެ ޗެއާމަން ކްވޮން ޔަންގް ސޭ ވަނީ ޗައިނާއިން މަސްވެރިކަން ބޭނުންކުރަނީ ބަހަނާއެއްގެ ގޮތުގައި ކަމަށާއި، ބްރޫނާއީ، އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް އަދި ވިއެޓްނާމުން އެ ސަރަހައްދުގެ ބޮޑު ބައެއް ބެއިޖިން އިން ދަޢުވާކުރާ ދެކުނު ޗައިނާ ކަނޑުގައި އެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ އަޅާކިޔާކަމަށް ވިދާޅުވެފައެވެ. އެ ކަނޑަކީ ހަމައެކަނި ކަނޑެއް ނޫން ކަމަށާއި ހުޅަނގު ކަނޑަކީ “ކޮރެއާ ކަނޑު ކަމަށް” އޭނާ ވިދާޅުވިއެވެ. އެއީ ވަރަށް ގިނަ މަސްވެރިން ދިރިއުޅެމުން އަންނަ ތަނެއް ކަމަށާއި، ސެކިއުރިޓީގެ އެންމެ ކުރީ ސަފުގައި ތިބޭނަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ސޯލްގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ބިނާތަކާ ބެހޭ ގޮތުން ބައެއް ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ނޫން ކަމަށާއި އެއީ އެއްވެސް އެއްބަސްވުމަކާ ހިލާފު ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
“ހަގީގަތަކީ ޗައިނާއިން ގާއިމުކޮށްފައިވާ ކަމާ ގުޅޭ ފެސިލިޓީތަކަކީ ޗައިނާގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުގައި ހުންނަ ޑީޕް ސީ ފިޝަރީޒް އެކުއަކަލްޗަރ ފެސިލިޓީތައް. އެއީ ޗައިނާއިން ކަނޑުގެ ވަސީލަތްތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރުން،” ތަރުޖަމާނު ވިދާޅުވެފައިވެއެވެ. ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މުއާމަލާތްތައް ޗައިނާއިން ދަމަހައްޓަމުން އަންނަ ކަމަށާއި އުއްމީދަކީ “ނުހައްގުން މައްސަލަ ސިޔާސީ ނުކުރުން” ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
