
(ފޮޓޯ ކްރެޑިޓްސް: ސިޑިބަރި)
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ފީބާ 3 އޮން 3 އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭ އަންހެން ޓީމާއި ފިރިހެން ޓީމް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ދެ މެޗެއް ކުޅެފައިވާއިރު، ރާއްޖޭގެ ފިރިހެން ޓީމުން ވަނީ އެއް މެޗު ކުޅެފައެވެ. މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ރައިފާ އިބްރާހިމް އާއި ޒުހާ އަޝްރަފް އަދި އައިޝަތު އިނާޝާއެވެ.

(ފޮޓޯ ކްރެޑިޓްސް: ސިޑިބަރި)
ކޮލިފައިންގައި ވާދަކުރާ ގައުމީ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ހުވައިދު އަލީ އާއި އިސްމާއިލް ވިލްދާން ޔޫސުފް އާއި މަފާޒު މުހައްމަދު އަދި އަބްދުﷲ އަމްޒަރު މުހައްމަދެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ފުރަތަމަ ވާދަކޮށްފައިވަނީ ކަޒަކިސްތާންއާއެވެ. މި މެޗު ކަޒަކިސްތާނުން ކާމިޔާބުކޮށްފައިވަނީ 21-2ގެ ސްކޯއަކުންނެވެ. އަދި ދެވަނަ މެޗުގައި ގައުމީ އަންހެން ޓީމުން ވާދަކޮށްފައިވަނީ ވިއެޓްނާމާ ދެކޮޅަށެވެ. މި މެޗު 21-8 ޕޮއިންޓުން ކާމިޔާބު ކުރީ ވިއެޓްނާމްއެވެ.
3 އޮން 3 އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމު މިއަދު ވާދަކޮށްފައިވަނީ އިރާން އާ ދެކޮޅަށެވެ. މި މެޗު 21-9 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ އިރާންއެވެ. މި މުބާރާތުގައި މިއަދުވެސް ރާއްޖޭގެ ޓީމުތައް ވާދަކުރާނެއެވެ. މިގޮތުން ރާއްޖޭގެ އަންހެން ޓީމުން މިއަދު ނިކުންނާނީ އިރާން އާއި ދެކޮޅަށެވެ. އަދި ފިރިހެން ޓީމުން ފުރަތަމަ މެޗުގައި ޕަޕުއާ ނިއުގިނީއާ ދެކޮޅަށް ނިކުންނައިރު، މިއަދުގެ ދެވަނަ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމުން ނިކުންނާނީ ކަޒަކިސްތާނާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
