
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އުޒްބަކިސްތާން އާ ވާދަކުރި މެޗު އެއްވަރުކޮށް އިރާނުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. ފީފާ ވޯލްޑް ކަޕް އޭޝިއާ ގުރޫޕް އޭގައި އުޒްބަކިސްތާން އާއި އިރާން ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އިރާން ވަނީ ގުރޫޕް އޭގައި ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. ދެވަނައިގައި އޮތް އުޒްބަކިސްތާން އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. އިރާންގެ ތެރެހާންގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ އުޒްބަކިސްތާނުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އުޒްބަކިސްތާންއަށް މި ގޯލު ކާމިޔާބުކޮށްދީފައިވަނީ ހޮޒިމަޓް އެރްކިނޯވްއެވެ.

މި ގޯލަށް ފަހުވެސް މި މެޗުގެ ފުރަތަމަ ހާފުގައި އުޒްބަކިސްތާން އަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި މި ހާފު ނިމިގެން ދިޔައީ 1-0ގެ ނަތީޖާ އަކުން އުޒްބަކިސްތާން ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އުޒްބަކިސްތާނުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިނަމަވެސް މެޗުގެ ދެވަނަ ހާފު ފަށައިގެން އިރާނުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އިރާނަށް ކާމިޔާބުކޮށްދީފައިވަނީ މެހްދީ ތެރެމީއެވެ.
އިރާނުން މެޗުގެ ނަތީޖާ ހަމަކުރިތާ ދެ މިނެޓު ފަހުން އުޒްބަކިސްތާނުން ވަނީ ގޯލެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އައްބޮސްބެކް ފޭޒުއްލައިއެވެ. އުޒްބަކިސްތާނުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައިވަނިކޮށް މެޗުގެ 83 ވަނަ މިނެޓުގައި އިރާނުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީވެސް ފުރަތަމަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީން މެހްދީ ތެރެމީއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
