
އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައި ވާނެކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ޗައިނާގެ ކޯޗު ބްރަންކޯ އިވަންކޮވިޗް ބުނެފިއެވެ. ޗައިނާ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމާއެކު އެ ގައުމުގެ މީޑިއާ ތަކުން ގައުމީ ޓީމަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ރައްދުދެމުން ކޯޗު ބުނެފައިވަނީ ޗައިނާއަށް އަދި ވޯލްޑް ކަޕް ނުގެއްލޭ ކަމަށެވެ. ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ކޯޗު ބްރަންކޯ ވަނީ ބުނެފައެވެ.

ޗައިނާ އެންމެ ފަހުން މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާ އަކުން ބަލިވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުނު މެޗުން 2-0ގެ ނަތީޖާ އަކުން ވަނީ ބަލިވެފައެވެ. މި ދެ މެޗުން ބަލިވެ ކޮލިފައިން ގުރޫޕްގެ އެންމެ ފުލުގައި އޮތް ޗައިނާއަށް މީޑިއާގައި އަންނަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވަމުންނެވެ. އެގޮތުން ޗައިނާ އިން ވޯލްޑް ކަޕަށް ދެކޭ ހުވަފެނަކީ ބިލާހެއް ކަމަށާއި އެކަން ހާސިލު ނުވާނެ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ހުރިހާ ވާހަކައަކަށް ރައްދު ދެމުން ކޯޗު ބުނެފައިވަނީ ޓީމު ކުރަމުން އަންނަ އުންމީދު ކަނޑާ ނުލާކަމަށާއި، ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހޯދުމަށް އަދިވެސް ހިތްވަރު ކުރާނެ ކަމަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އޮތީ އޭޝިއާ ބައްރުގެ ގުރޫޕް ސީގެ އެންމެ ފުލުގައެވެ. ވޯލްޑްކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގައި އޭޝިއާ ބައްރުގެ ތިން ގުރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގުރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ތިން ވަނައަށްްދާ ޓީމެއް އަލުން ޖެހޭނީ ކޮލިފައިންގެ ހަތަރު ވަަނަ ބުރެއްގައި ކުޅޭށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
