
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މުސްތަޤްބަލަށް އިސްލާމީ ހިދާޔަތާއި ކީރިތި ޤުުރުއާން ގެންގޮސްދޭނެ ވަރުގަދަ ޖީލެއް ބިނާކުރަންޖެހޭނެ ކަމަށާއި ސަރުކާރުން ކުރަމުންދަނީ އެ މަސައްކަތްކަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވާ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ހާފިޒުންނަށް ސަނަދު ދިނުމަށް މުޅިން އަލަށް ހަފްލާއެއް ބޭއްވުމުން އެއީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުޅިން އައު ޝަރަފުވެރި ސަފުހާއެއް ހުޅުވިގެންދާ ކަމެއް ކަމަށެވެ. އަދި ޤުރުއާން ހިތުދަސް ކުރުމާއި ޤުރުއާނަށް ޙިދުމަތް ކުރުމާއި އުފުލުމުގެ ނިއުމަތަކީ މާތްﷲ ހޮއްވަވާ އިހްތިޔާރް ކުރައްވާ މީހުންނަށް ދެއްވަވާ ޝަރަފެއް ކަމަށް ވެސް ވިދާޅުވިއެވެ.
“މިއަދު ދުނިޔެ މިވަނީ ކީރިތި ޤުރުއާނަށް ބޭނުންޖެހިފައި، ޒަމާނީ ޖާހިލިއްޔަތުގެ އަނދިރިކަމުން އިސްލާމީ ހިދާޔަތުގެ އަލިކަމުގެ ތެރެއަށް ދުނިޔެ ގެނައުމަށް ޓަކައި އިޖްތިމާއީ ގޮތުންނާއި ރިވެތި އަހްލާޤް އާލާކުރުމަށް އިންސާނިއްޔަތު ކުރިއަށްވުރެ ބޮޑަށް ޤުރުއާނަށް ބޭނުންޖެހިފައިވޭ، އެކަން ދިރުވާ އާލާ ކުރަންޖެހޭ،” މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާ ސަފްހާ އަކީ ކުރިއަށް އޮތްތަނުގައި ޖީލުތަކަށް ފޯރުކޮށްދޭނެ އަގުހުރި ސޮފުހާތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މީގެކުރިން ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަނަދު ދެނީ ޤައުމީ ޤުރުއާން މުބާރާތުގެ ތެރެއިން ކަމަށާއި އޭރު އެކަން ކުރީ ދަސްވެނިވާ ކުދިންގެ އަދަދު މަދުކަމުން ކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ބަދަލުވެފައިވާ ކަމަށާއި ހާފިޒަރުންނަށް ސަނަދު ދިނުމަށް ސަރުކާރުން ޚާއްސަ ހަފްލާއެއް ބޭއްވުމަށް ނިންމި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ ކޮންމެ އަހަރަކު 100 ހާފިޒުން ދަސްވެނިވާ ވަރަށް ހަފްލާ ކުރިއަށް ގެންދިޔުން ކަމަށެވެ. މިނިސްޓަރު ވަނީ ތަނަވަސްކަން ލިބިފައިވާ މީހުން މިފަދަ އިސްލާމީ ކަންތައްތަކަށް ޚަރަދު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ހާފިޒުންގެ ގައުން އާއި ތާކިހާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެތަކެތި ތައްޔާރުކޮށްފައިވަނީ ހުކުރު މިސްކިތުގައިވާ އިސްލާމީވަންތަ ކުރެހުންތައް އަޞްލަކަށް ބަލައިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދަސްވެނިވުން ދަރިވަރުންނަށް ގައުން އާއި ތާކިހާ މިލްކުކުރެވި ކުރިއަށް އޮތް އެހެން ހަފްލާތަކުގައި ވެސް އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ހާފިޒުންނަށް ލިބިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
