
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ އިސް އޮފިޝަލެއް ކަމުގައިވާ ސިރާޖުއްދީން ޙައްޤާނީ ހައްޔަރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ހުށަހަޅާފައި އޮތް 10 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު އުވައިލައިފިއެވެ. ޙައްޤާާނީ ހައްޔަރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް ފައިސާގެ އިނާމު އެމެރިކާއިން އުވައިލާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ޠާލިބާނުންގެ ސަރުކާރުގެ ދާޚިލީ ވުޒާރާއިންނެވެ. ޠާލިބާނުން މި ކަން ހާމަކޮށްފައިވީ ނަމަވެސް، އެމެރިކާގެ ތަޙުޤީޤީ އިދާރާ (އެފްބީއައި)ގެ ވެބްސައިޓުން ޙައްޤާނީގެ ނަން އުނިކޮށްފައެއް ނެތެވެ. އަދި، އެ ކަން ކަށަވަރު ކޮށްދީފައެއް ވެސް ނެތެވެ. އެފްބީއައިގެ ވެބްސައިޓުގައި ބުނެފައި އޮތީ ޙައްޤާނީއަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ގޮސްފައިވާ އެމެރިކާއާއި ހުޅަނގުގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ދީފައިވާ ގިނަ ޙަމަލާތަކެއް ރާވައި، ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހެއް ކަމުގައެވެ.
ޠާލިބާނުންގެ ސަރުކާރުގެ ދާޚިލީ ވަޒީރު ކަމުގެ މަޤާމު މި ވަގުތު ފުރަމުންދާ ޙައްޤާާނީ ހައްޔަރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް ފައިސާގެ އިނާމު އުވައިލާފައިވާ ކަން އިޢުލާނު ކޮށްފައި މި ވަނީ، ޠާލިބާނުން ރަހީނު ކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަން ކުރުމާ އެކުގައެވެ. ޖޯޖް ގްލެޒްމަން ރަހީނު ކޮށްފައި ވަނީ 2022ވަނަ އަހަރުގެ ޑިސެންބަރު މަހު ފަތުރުވެރިއެއްގެ ގޮތުގައި އަފްޣާނިސްތާނަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. މިއީ، ޖަނަވަރީ މަހަށް ފަހު ޠާލިބާނުންގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަން ކޮށްފައިވާ ތިންވަނަ ފަހަރެވެ. ގްލެޒްމަން މިނިވަން ކުރުމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އެއީ، “ރަނގަޅު އަދި ބިނާކުރަނިވި” ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ގްލެޒްމަން މިނިވަން ކުރުމާ ގުޅޭ މަޝްވަރާތަކުގައި ޠާލިބާނުންނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައިވާ ޤަޠަރަށް ވެސް ރޫބިޔޯ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. ޠާލިބާނުން ބުނީ، އެމެރިކާގެ ތިން މީހަކު މިނިވަން ކޮށްފައި މި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމަޢާ އެކު އޮތް ގުޅުންތައް ހަރުދަނާ ކުރުމުގެ ނިޔަތުގައި ކަމުގައެވެ.
ޙައްޤާނީ ނެޓްވަރކްގެ ވެރިޔާ ހޯދުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް
އަފްޣާނިސްތާނުގެ ޤާނޫނީ ސަރުކާރު ވައްޓައިލައި، ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަނެފައި ވަނީ، އެ ޤައުމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފޭބުމާ ގުޅިގެންނެވެ. އެއަށް ފަހު، އެ ޤައުމުގައި ޠާލިބާނުންގެ ސަރުކާރެއް ޤާއިމު ކޮށްފައިވީ ނަމަވެސް އެއްވެސް ޤައުމަކުން ރަސްމީ ހައިސިއްޔަތެއްގައި އެ ސަރުކާރު ބަލައިގަނެފައެއް ނެތެވެ. ނަމަވެސް، އަފްޣާނިސްތާނުގައި ހުރި ބައެއް ޤައުމުތަކުގެ ޚާރިޖީ މިޝަންތައް އަލުން ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޙައްޤާނީއަކީ ރޫސީވިލާތުގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި ބައިވެރިވި އިސް ކޮމާންޑަރެއްގެ ދަރިއެކެވެ. އަދި، އޭނާއަކީ ބާރުގަދަ އަދި ނުރައްކާތެރި ކަމަށް ބެލެވޭ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ‘ޙައްޤާނީ ނެޓްވަރކު’ގެ ވެރިޔާއެވެ. އެމެރިކާއިން ޤަބޫލު ކުރާ ގޮތުގައި، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި ނިރުބަވެރި ޖަމާޢަތަކީ އެއީއެވެ. ވެރިރަށް ކާބުލްގައި ދީފައިވާ އެންމެ ނުރައްކާތެރި ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި އޮތީ އެ ގުރޫޕު ކަމަށް ވެސް އެމެރިކާއިން ޤަބޫލު ކުރެއެވެ.
ޙައްޤާނީ ހައްޔަރު ކުރުމަށް، ނުވަތަ މަރައިލުމަށް އެމެރިކާއިން ކުރަމުން ދިޔަ މަސައްކަތްތައް މިއަދާ ޖެހެންދެން ވެސް މެދުކަނޑައިލާފައެއް ނެތެވެ. ޠާލިބާނުންގެ ވެރިކަން ފެށި ފަހުން ވެސް އެމެރިކާއިން ވަނީ އޭނާ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. 2022ވަނަ އަހަރު އެމެރިކާއިން ވަނީ ކާބުލަށް ވަރުގަދަ ޙަމަލާއެއްދީ، އަލް-ޤާޢިދާގެ އިސް ވެރިޔާ އައިމަން އަލް-ޒަވާހިރީ މަރައިލާފައެވެ. އޭނާ މަރައިލާފައި ވަނީ، ޙައްޤާނީގެ ގެއެއްގައި ފިލާ ހުއްޓައި ކަމުގައި އެމެރިކާއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
