
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މެދުތެރޭ ސަަރަޙައްދުތަކަށާއި ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން އެއްގަމު މަގުން އަލުން އަރަން ފަށައިފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް 15 މަސް ދުވަހަށް ފަހު މެދުކަނޑައިލީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުންނެވެ. ތިން މަރުޙަލާއަަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމުން ޔަހޫދީން ވަނީ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ދެކޮޅު ހަދައިފައެވެ. ޔަހޫދީން ބޭނުންވީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރާށެވެ. ނަމަވެސް ޙަމާސުން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ދެވަނަ މަރުޙަލާ ފަށައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލެވޭނެ މަގެއް ހޯދާށެވެ. އެ ދަނޑިވަޅުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް އެ ސަހަރަށް އެހީގެ ސާމާނު ވެއްދުމަށް ވެސް ހުރަސް އަޅައިފައެވެ. އަދި މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތައް ދެމުންނެވެ.
އެއްގަމު މަގުން ޣައްޒާއަށް ޔަހޫދީ ސިފައިން އަރަން ފަށާފައި މި ވަނީ ޙަމަލާތައް އަލުން ފެށިތާ އެއް ދުވަސް ފަހުންނެވެ. ޙަމަލާތައް ފެށި ދުވަހު އެކަނި ވެސް ޣައްޒާގެ 400އަށް ވުރެ ގިނަ ރައްޔިތުން ޔަހޫދީން ޝަހީދު ކޮށްލާފައެވެ. ދެވަނަ ދުވަހު ވެސް މިހާތަނަށް 38 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެއެވެ. ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނީ ޔަހޫދީން ޣައްޒާގެ ބައިތު ޙާނޫނުގެ ގެއަކަށް އަމާޒު ކޮށް ދިން ޙަމަލާއެއްގައި 4 މީހުން ޝަހީދުވެ ދިހަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. ޔަހޫދީން ދަނީ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ބައިތު ޙާނޫނުގައި ދިރިއުޅޭ މީހުންނަށް އިންޒާރުދީ މަޖުބޫރު ކުރަމުންނެވެ. އޭގެ އިތުރުން ބައިތު ލާހިޔާގައި ވެސް 14 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.
އދން ބުނީ ޣައްޒާ ސިޓީގައި ހުންނަ އދގެ އިދާރާއެއް ހުންނަ ސަރަޙައްދަކަށް ޔަހޫދީން ވަައިގެ ޙަމަލާއެއް ދީފައިވާ ކަމަށެވެ. އެ ޙަމަލާގައި އެ އިދާރާގައި މަސައްކަތް ކުރާ ބޭރު ޤައުމަކަށް ނިޞްބަތްވާ މީހަކު މަރުވެފައިވާ ކަމަށާއި ފަސް މީހުންނަށް ޒަޚަމް ވެފައިވާ ކަމަށް އދން ބުނެއެވެ. އދގެ ޕްރޮޖެކްޓް ސަރވިސަސް އިދާރާގެ އެކްސެކެޓިވް ޑިރެކްޓަރ ޖޯޖް މޮރެެއިރާ ޑަ ސިލްވަ ވިދާޅުވީ ޔަހޫދީންނަށް އެ ސަރަޙައްދުގައި އދގެ އިދާރާއެއް ހުންނަކަން ކަނޑައެޅިގެން އެނގޭނެ ކަމަށާއި އެ ތަނަކީ މީހުން ދިރިއުޅޭ އަދި މަސައްކަތް ކުރާ ތަނެއް ކަން ވެސް އެނގޭނެ ކަމަށެވެ.
އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތޭހެޝް ވަނީ އެ ޙަމަލާއާ ގުޅޭ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް ގޮވާލައްވައިފައެވެ. އދގެ މުވައްޒަފުންނަށް ޢަމާޒު ކޮށް ދޭ ޙަމަލާތައް އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ. އޭނާ ވިދާޅުވީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޔަހޫދީން ޤަތުލު ކޮށްފައިވާ އދގެ މުވައްޒަފުންގެ ޢަދަދު 280އަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
